ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރިސޯޓުތަކުގައި މުވައްޒަފުން ކުރަމުން އަންނަ މުވައްޒަފުންގެ މަސައްކަތް ބަލައިގަންނަ ޖެހޭ ކަމަށާއި އެގޮތުން، ކަރަންޓީނު ނުވެ އާއިލާތައް ކައިރިއަށް ދެވެން ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދުކުރި ދުވަހުން ފެށިގެން މިހާތަނަށް ވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ތިބީ ރިސޯޓުތަކުގައި ބަންދުވެފައި ކަމަށެވެ.
އަދި އެ ފަރާތްތަކުގެ އާއިލާތަކާ ދުރުގައި ކުރަމުން އަންނަ އަގުހުރި މަސައްކަތް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރިސޯޓް މުވައްޒަފުން ވަމުން އަންނަ ގުރުބާނީގެ އަގު އިންޑަސްޓްރީގެ ބޭފުޅުން ވަރަށް ރަނގަޅަށް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެގޮތުން ޗުއްޓީ ނަގައިގެން އާއިލާ ކައިރިއަށް ރަށަށް ދާއިރު، ކަރަންޓީނު ވާންޖެހޭ މުއްދަތު ޗުއްޓީގައި ނުހިމެނުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
"ޗުއްޓީއަށް ނުވަތަ އޮފަށް އޮންނަ ދުވަސްކޮޅު އެއްކޮށްލައިގެން ލިބޭ އެ އޮފް ކޮޅު ކަރަންޓީނުގައި ދުއްވާލީމަ އެދެން އެހާ ހަމަޖެހޭ ކަމަކަށް ނުވާނެ. އަޅުގަނޑު މި އުންމީދު ކުރަނީ އިންޑަސްޓްރީގެ ބޭފުޅުން ފަހުރުވެރިކަމާއެކު ހިތްހަމަ ޖެހުމާއެކު މުވައްޒަފުންނަށް އެބޭފުޅުން މިދޭތެރޭގައި އެވީ ގުރުބާނީގެ އަގު ވަޒަންކޮށް ކަރަންޓީން ވާން މި ޖެހޭ މުއްދަތަކީ އެބޭފުޅުންގެ އޮފްގެ ތެރޭގައި ނުހިމެނޭ އެހެން ނޫނީ ޗުއްޓީ ތެރޭގައި ނުހިމެނޭ ގޮތެއް ހަދާނެ ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.
ތީ ހަމަ ވޯޓައް ޖައްސާ ސްޓަންޓެއް
ރޒޯޓުމުއައްޒަފަކު ސަންގު ޓީވީއައްއަރާވާހަކަދެއްކިކަން މިނިސްޓަރައް އެގުނީތާދޯ މިއޮއްހުރިހާދުވަސްވީއިރުވެސް ބަހަކުންބަހެއްވިދާޅުނުވެ ކީކޭދެންބުނާނީދޯ