ދީން

ނަމާދު ކުރާއިރުގައްޔާއި، ކޮށް ނިމިގެން އަވަސް އަރުވައިލާ މީހުން، ވިސްނައިލުން މުހިންމު ދެ ޙަދީޘް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނަމާދަކީ ދެ ދުނިޔޭގެ ކާމިޔާބީއެވެ. އެއީ އިސްލާމްކަމާއި ކާފަރުކަން ވަކިކޮށްދޭ އިންފާރެވެ. ހަމަ އެހެންމެ ﷲ ތަޢާލާއާއި އެ އިލާހުގެ އަޅާ ގުޅުވައިދޭ އެންމެ މަތިވެރި އަޅުކަމަކީ ވެސް އެއީއެވެ.

Ads by Sosun Fihaara

ﷲ ތަޢާލާ ނަމާދު ފަރުޟު ކުރެއްވީ މުސްލިމުންނަށް ދެއްވި މަތިވެރި ކަމެއް ކަމުގައެވެ. އެއިން ރޫޙު ތާޒާކޮށް ، ﷲއާ ކުއްތަން ވުމުގެ ވަޞީލަތެއްގެ ގޮތުގައެވެ. އަދި ކިއެއް! މީސްތަކުންގެ އަޚްލާޤިއްޔާތުގެ ފޭރާން ޒީނަތްތެރިކޮށް ، މަތިވެރި ސަވާބާއި ދަރުމާ ދެއްވާ އަދި ކުށް ފާފަތައް ފުއްސަވާ މަގާމެއްގެ ގޮތުގައެވެ.

މި ހުރިހާ ސަބަބު ތަކަށް ޓަކައިމެ ، ނަމާދުގައި މަޑުމޮޅިވުމާއި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމެއްގެ ޢިލްމު އުނގެނި ، ޢަމަލު ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އަވަސް އަރުވައިލައި ނަމާދު ކުރާ މީހުންނާއި ނަމާދުކޮށް ނިމިގެން އަވަސްއަރުވައިލައި މިސްކިތުން ފައިބާ މީހުން ފެންނަނީ މަދެއް ކޮށެއް ނޫނެވެ.

އެ ފަދަ މީހުން ވިސްނާލުން ހުއްޓެވެ.

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ﷲގެ އަޅާ ނަމާދު ކުރަން ފެށުމުން ، އޭނާ ކޮށްފައިވާ ފާފަތައް ގެނެވި ، އޭނާގެ ބޮލުގައްޔާއި ދެ ކޮނޑުގައި އެތަކެތި އެޅުވެއެވެ. ފަހެ އޭނާ ރުކޫޢުކޮށް ސަޖިދަ ކުރާ ކޮންމެ ފަހަރަކު އޭގެން (ފާފައިން) ބައެއް ފައިބައިގެން ދެއެވެ." ޞަޙީޙުލް ޖާމިޢުގެ 1671

ބުޚާރީގެ ޙަދީޘެއްގެ މާނައިގައި ވެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.

"ނަމާދު ކުރި ތަނެއްގައި ވުޟޫ ނުގެއްލޭ ޙާލުގައި އޭނާ އިންނަހައި ހިނދަކު ، މަލާއިކަތުން އޭނާޔަށް ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރައްވައެވެ. އެ ބޭކަލުން ދުޢާ ކުރައްވައެވެ. ޔާ ﷲ! އޭނާގެ ފާފަ ފުއްސަވައި އޭނާޔަށް ރަޙުމަތް ލައްވާންދޭވެ."

Ads by Ooredoo
  1. ޔުމް

    އަރުވައިލާ
    ވިސްނައިލާ
    ޒަމާނީ ދިވެހި