ޚަބަރު

އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ފައްސިވެ، ގިނަ ޓީޗަރުންތަކެއް ކަރަންޓީނަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ރާއްޖެ އެމްވީ

އަމީނިއްޔާ ސްކޫލުގެ ގްރޭޑު ތިނަކަށް ކިޔަވައިދޭ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

Ads by MWSC

"ދެން" އަށް މަޢުލޫމާތު ލިިބިފައިވާ ގޮތުގައި، އަމީނިއްޔާ ސްކޫލުގެ ޓީޗަރަކު ފައްސިވުމާ ގުޅިގެން އެ ޓީޗަރާ ކޮންޓެކްޓުވި ހުރިހާ ޓީޗަރުން މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ. ނަމަވެސް ކަރަންޓީން ކޮށްފައި ވަނީ ކިތައް ޓީޗަރުން ކަމެއް އަދި ސާފުވާ ގޮތްވަނީ ނުވެފައެވެ. ފައްސިވެފައިވަނީ ގްރޭޑް 3 އަށް ކިޔަވައިދޭ އިންޑިއާ ޓީޗަރެކެވެ.

ޕޮޒިޓިވްވި ޓީޗަރާ އެއްވެސް ކުއްޖަކާ ކޮންޓެކްޓު ނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ޓީޗަރު ފައްސިވީ ހޯމް ކަރަންޓިީންގައި ހުއްޓާތޯ ނުވަތަ ނޫންތޯ ވެސް އަދި ސާފު ވާގޮތް ވަނީ ނުވެފައެވެ. ރާއްޖެއިން ބޭރުން އަންނަ ހުރިހާ ޓީޗަރުން ވެސް ކަރަންޓީނު ވުމަށްފަހު ޓެސްޓުކޮށް ނެގެޓިވްވުމުން ނޫނީ ސުކޫލަށް ނުނެރުމަށް ސްކޫލްތަކަށް މިނިސްޓްރީން މީގެ ކުރިން ވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއް ހޯދަން "ދެން" އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

10 މަހަށްފަހު އަލުން މާލޭ ސްކޫލުތަކުގެ ކިޔެވުން ފަށާފައިވަނީ މިދިޔަ އާއްދީތަ ދުވަހުއެވެ.

Ads by Allied Insurance
  1. ކޮރޯނާ

    އެހެންވީމަ އެެއީ ޓީޗަރުންނެއްނޫންތާ؟ ޢެހެންވެ އެއްނުން އެއިންޓީޗަރަކާއި ދަރިވަރަކާއި ދިމާވެފަނުވަނީ ހެހެހެ

  2. ލޮޕް

    ޕިސް

  3. ޟެން

    ބޭރު ޓީޗަރުން ގުރޭޑު 3ކައް ކިޔަވަދޭތަ؟

    • ަައާމިރާ

      އެހެންޔާ..! ނޭގެ މަށަކަށް..!