ޚަބަރު

އަމީނިއްޔާއިން ޕޮޒިޓިވްވި ޓީޗަރު އެއްވެސް ދަރިވަރަކާ ކޮންޓެކްޓެއް ނުވޭ: އެޑިއުކޭޝަން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ރާއްޖެ އެމްވީ

އަމީނިއްޔާ ސުކޫލުން ޕޮޒިޓިވްވި ޓީޗަރު އެއްވެސް ދަރިވަރަކާ ކޮންޓްވެފައި ނުވާ ކަމަށް އެޑިކުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނެއްގެ ޓީޗަރެއް ޕޮޒިޓިވްވެގެން އެ ސްކޫލުގެ ގިނަ ޓީޗަރުން 14 ދުވަހަށް ކަރަންޓީން ކޮށްފައިވާ ކަމަށް "ދެން" އަށް ވަނީ އެނގިފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު އޮންލައިން ނޫހެއް ކަމަށްވާ "ސަން"އަށް ބުނެފައި ވަނީ އެ ސްކޫލުގެ ޓީޗަރަކު ޕޮޒިޓިވެގެން މިހާރު ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށެވެ.

"އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ޕޮޒިޓިވްވި. އެހެން ނަމަވެސް އެ ޓީޗަރާ ކުދިންނާ ދިމާވެފައި ނުވޭ. މިހާރު ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނީ،" މުޖާހިދު ވިދާޅުވި އެވެ.

އެ ޓީޗަރު ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީންގައި ހުއްޓާތޯ ސުވާލު ކުރުމުން އެ ސުވާލަށް މުޖާހިދު ޖަވާބެއް ނުދެއްވާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!