ދީން

ﷲ ތަޢާލާ ލޯބިވެ ވޮޑިގެންވާ ކަމަށް އެ އިލާހު ވަޙީ ކުރައްވާފައިވާ 8 ސިފައެއްގެ އަހުލުވެރީން

އާއިޝަތު އަލީނާ ، ދެން އޮންލައިން

ﷲ ތަޢާލާގެ ރުއްސެވުމާއި ލޯބި ލިބުމަކީ މީހަކަށް ލިބޭނޭ އެންމެ ބޮޑު ނަސީބެވެ. އެއީ ދެ ދުނިޔޭގެ ކާމިޔާބާއި ފަލާޙް ލިބުމެވެ. އެފަދަ މީހަކު ހިތާމަ ކުރާން ޖެހޭނޭ ކަމެއް ދުނިޔެއަކު ވެސް އަދި އާޚިރަތުގައި ވެސް ނުވާނެއެވެ.

Ads by Sosun Fihaara

ﷲ ތަޢާލާ ރުހި ވޮޑިގަންނަވާ އަޅުންނަށް އެއިލާހު ދެއްވާ ރައްކާތެރިކަމާ ޔަގީންކަން ޙަދީޘް ބަސްފުޅުތަކުން ހާމަވެ އެނގެން އެބައޮތެވެ. ﷲގެ އަޅުތަކުން އަޅުކަން ކުރާ މަޖިލިސްތަކުގެ ބައިވެރީންކަމުގައި މަލާއިކަތް ބޭކަލުން ލައްވައެވެ. އަދި އެފަދަ މީހަކު ބަލިވެ ނުވަތަ ހިތާމަވެރިކަމެއް ދިމާވެއްޖެނަމަ އެކަމުގައި ބައިވެރިވެ އެމީހަކަށް ދުޢާ ކުރެއްވުމުގައި މަލާއިކަތް ބޭކަލުން ދެމިތިއްބަވައެވެ.

މިފަދަ މާތް މަތިވެރިކަމަކީ ހަމައެކަނި ނިޔަތަކުން ހާޞިލްވާނޭ ކަމެއް ނޫނެވެ. އެއީ ބުރަ މަސައްކަތާއި ހިންމަތުން ލިބޭނޭ ޢިއްޒަތަކާއި ފަޚުރެކެވެ. ﷲ ތަޢާލާ ރުއްސަވާ އެ އިލާހު ލޯބިވެ ވޮޑިގަންނަވާ 8 ބާވަތެއްގެ ބަޔަކު ވެއެވެ. އެ މީހުންގެ ސިފަތައް ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާ އަންގަވާފައެވެ.

ﷲއަށް ވަކީލު ކުރާ މީހުން 

إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ (3:159)

ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.

ޢަދުލަށް ޙުކުމް ކުރާ މީހުން 

إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ  (5:42)
ހަމަކަށަވަރުން، عدل އަށް حكم ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.

ގިނަގިނައިން ތައުބާވާ މީހުން 

إِنَّ اللَّهَ يُحِبُّ التَّوَّابِينَ (2:222)

ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ.

ތާހިރުވާ މީހުން 

وَيُحِبُّ الْمُتَطَهِّرِينَ (2:222)

އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.

ﷲގެ މަގުގައި ހަނގުރާމަ ކުރާ މީހުން 

﴿4﴾ إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ (61:4)

ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެންވެތެވެ.

ތަޤްވާވެރީން 

فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ (3:76)

ފަހެ، ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެެތެވެ.

ކެތްތެރީން 

وَاللَّهُ يُحِبُّ الصَّابِرِينَ (3:146)

ކެތްތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.

އިޙްސާންތެރީން 

وَاللَّهُ يُحِبُّ الْمُحْسِنِينَ (3:148)

إحسانތެރިން ދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!