ޚަބަރު

ކޮވިޑް-19: ސްޕޯޓްސް ކޮމިޝަނަރ ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްޕޯޓްސް ކޮމިޝަނާ އަހްމަދު ސަލީމް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފުރަތަމަ ފެންނަން ފެށީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ހެނދުނު ކަމަށެވެ. އެދުވަހު ހޭލިއިރުގައި ބަލީގެ އިހްސާސް ކުރެވެން ފެށި ކަމަށާއި ހަށިގަނޑުގައި ކުރިން ނާޅާ ކަހަލަ ރިހުމެއް ހުރި ކަމަށް ވެސް ސަލީމް ވިދާޅުވެފައިވެއެވެ.

ސަލީމް ވިދާޅުވީ، އެދުވަހު އޮފީހަށް ވެސް ވަޑައިގެންނެވި ކަމަށާއި އިތުރަށް ބަލިކަމުގެ އިހްސާސް ވާން ފެށުމުން އެދުވަހު 11:40 ހާއިރު ގެއަށް ދިޔައީ ކަމަށެވެ.

އޭގެ ފަހުން ހުން އައިސް ހުރުމުގެ ސަބަބުން ގޭގައި މަޑުކުރި ކަމަށާއި ބުދަ ދުވަހު ވެސް ހުންނެވީ ގޭގައި ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ހުން އައިސްފައި ހުރުމުން ދިޔައީ ގަޑިން ގަޑިއަށް ބޭސް ނަގަމުން ކަމަށް ވެސް ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވެފައިވެއެވެ.

އާދިއްތަ ދުވަހު އޮފީހަށް ދާން ޓެސްޓު ހެދުމުން، ކޮވިޑަށް ފައްސި ވެފައިވާ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ހޮސްޕިޓަލުން އެންގި ކަމަށް ވެސް ސަލީމް ވިދާޅުވެފައިވެއެވެ.

ސަލީމް ވިދާޅުވި ގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަހު އޭނާ ހުންނެވީ ގޭގައި ސެލްފް އައިސޮލޭޝަންގައެވެ.

ނަމަވެސް މެޑިކަލް ޗެކްއަޕްއެއް ހައްދަވަން ބޭނުންފުޅުވާތީ އާދިއްތަ ދުވަހު އެޗްޕީއޭއަށް ގުޅުމަށްފަހު ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުވެފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!