ބޮލީވުޑް

އާލިއާ ބަޓް އެންމެ ކާހިތުން ކަނީ ކޯއްޗެއްކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮލީވުޑުގެ މަޝްހޫރު ތަރި އާލިއާ ބަޓް އަކީ ވެސް ގިނަ ފިރިހެނުންގެ ހިތްތަކުގައި ރަނިކަން ކުރަމުން އަންނަ ރީތި އަދި މޮޅު އެކްޓްރެސްްއެކެވެ. އެގޮތުން އާލިއާ ބަޓް އެންމެ ކާ ހިތުން ކަނީ ކޯއްޗެއްކަން އިންސްޓަގުރާމުގައި އޭނާ ވަނީ ހާމަކޮށްފައެވެ.

Ads by Sosun Fihaara

ފްރެންޗް ފްރައިސް އަކީ ގިނަ ބައެއްގެ “ފޭވްރިޓް” އެއް ކަން ޔަގީނެވެ. މާލޭގައި ވެސް އެތައް ބަޔަކު ރެސްޓޯރެންޓަށް ބާގާއެއް ނުވަތަ ސަބްމެރިން އެއް ކާން ގޮސް ޗިޕްސް ނުވަތަ ފްރައިސް ޕޯޝަން ވަކިން ގެންނަ މީހުން މަދެއް ނޫނެވެ.

އެގޮތުން ފްރެންޗް ފްރައިސް އަކީ އާލިއާ ބަޓް އެންމެ ކާ ހިތުން ކާ ކާނާއެވެ. ލުއި ކެއުމެއް ނަމަވެސް އާލިއާ ބަޓް ބުނަނީ ފްރައިސް ކައިގެން އޭނާ މާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެންމެ މީރުކޮށް ކެވެނީ ވެސް “ކްރިސްޕީ” ކޮށް ހުންނަ ފްރައިސް ކަމަށެވެ.

އިންސްޓަގުރާމުގައި ފޮޓޯއާއިއެކު އާލިއާ ހިއްސާ ކޮށްފައި ވަނީ، ފްރައިސް އަކީ ފަލަވާ އެއްޗެއް ނޫން ކަމަށް ނުވަތަ ބައިސެޕް ވަރުގަދަ ކޮށްދޭ އެއްޗެއް ނޫން ކަމަށް ބުނާ ނުވަތަ އެފަދަ ގޮތަކަށް މާނަ ދޭހަވާ ލިޔުން ކޮޅެކެވެ.

މިފަހަކުން ބޮލީވުޑުގެ މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާ ދިޕިކާ ޕަޑުކޮން ވެސް ވަނީ އޭނާ އެންމެ ކާހިތުން ކާ ކާނާ ހަމަ މިފަދަ ގޮތަކަށް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ. އަދި އެ ޕޯސްޓަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އާލިއާ ބަޓްގެ މި ޕޯސްޓަށް ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!