ލުއި ޚަބަރު

މި މީހާ ސައިތައްޓަށް ހަކުރުގެ ބަދަލުގައި އަޅަނީ ކޮން އެއްޗެއްކަން އެނގިއްޖެނަމަ އަންތަރީސް ވާނެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ ސަރަހައްދެއް ކަމަށްވާ އުދޭޕޫރުގައި ދިރިއުޅޭ އުމުރުން 51 އަހަރުގެ މި އަންހެން މީހާ ސައި ގިރާއިރު ހަކުރުގެ ބަދަލުގައި އަސޭ މިރުސް އެޅުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފިއެވެ.

Ads by STELCO

މި އަންހެން މީހާ މިގޮތަށް ސައިބޯތާ މިހާރު ގާތްގަނޑަކަށް 18 އަހަރު ވެއްޖެ ކަމަށާއި، އެންމެ ފުރަތަމަ އެގޮތަށް ސައި ބޯން ފެށީ ކުޅި ނަމަވެސް ދިޔާއެއްޗެއް ބުއިމުގެ ބޭނުމުގައި ކަމަށް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ. ހަމައެއާއެކު އެންމެ ފުރަތަމަ އެގޮތަށް ސައި ބުއި ފަހަރު ނުބައިވި ކަމަށާއި އަދި ހޮޑު ވެސް ލެވުނު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިހާރު ކޮންމެ ދުވަހަކު ވެސް އެންމެ މަދު ވެގެން އެގޮތަށް ތިން ތަށި ސައި ނުބޮންޏާ ހަށިގަނޑަށް އުނދަގޫވާ ކަމަށާއި މިކަމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް ގެއްލުމެއް ސިއްހީ ގޮތުން ކުރިމަތި ވެފައި ނުވާ ކަމަށް ވެސް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ދަނޑެއްގައި ދަނޑުވެރިކަން ކުރާ މި އަންހެން މީހާ މަސައްކަތަށް ދާއިރު ވެސް ފުޅިއަކަށް ސައި ގިރައިގެން ދާ ކަމަށާއި، އެތަނުގައި އެންމެން ވެސް އޭނައާ ދިމާލަށް ކިޔާ އުޅެނީ “ޗާއިވާލީ” ކަމަށް ވެސް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

  1. އަޙްމަދު

    ތިގޮތަށް ސައިބޯ ދިވެއްސަކާއިވެސް ދިމާވި. ކޮންމެ ރެއަކު ފަތިސް ނަމާދުފަހި ބައްޗު ހޮޓަލުގައި އިނދޭ ވަރަށް ސަކަ މިޒާޖުގެ ޢުމުރުން ދުވަސްވީ ބޭބެއެއް. އަސޭމިރުސް އަޅައިގެން ސައިބޮނީ ކޮންމެ ދުވަހަކިވެސް. ހަނދާންވާ ގޮތުން ޙަސަންބެ ކިޔަނީ.