ބޮލީވުޑް

ވަރުންގެ ކައިވެނި މި މަހު 24 ގައި، ދައުވަތު ދެނީ ހަމައެކަނި އާއިލާ މީހުންނަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑުގެ މަޝްހޫރު ތަރި ވަރުން ދަވަން އޭނާގެ ލޯބިވެރިޔާ ނަތާޝާ ކައިވެނި ކުރަން ތައްޔާރުވަމުން ދާ ވާހަކަތައް މި ފަހަކަށް އައިސް ވަރަށް ގަދައަށް ދެކެވުނެވެ. މި މަސް ތެރޭގައި ކައިވެނި ކުރާނެ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނިއެވެ. ނަމަވެސް އެކަމާ ގުޅިގެން ވަރުން ވެސް އަދިވެސް އާއިލާ މީހަކު ވެސް އެއްޗެއް ބުނެފައެއް މީގެ ކުރިން ނުވެއެވެ.

Ads by MWSC

ނަމަވެސް ދާދި ފަހުން ވަރުންގެ އާއިލާ މީހަކު ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ވަރުން ކައިވެނި ކުރަން އުޅޭ ކަން މީޑިއާ ކަށަވަރު ކޮށްދީފައެވެ.

އޭނާ ބުނި ގޮތުގައި ވަރުން ކައިވެނި ކުރަން ނިންމީ ކޮވިޑް ނިމެންދެން ދެން އިތުރަށް މަޑުކުރަން ބޭނުން ނުވާތީ ކަމަށެވެ. އަދި ކޫލީ ނަންބަރު 1 އަށް ފަހު ކުރިން ވެސް ކައިވެނި ކުރަން ނިންމާފައިވާ އޮތް ކަމަށާއި ކޫލީ ނަންބަރު 1 ރިލީޒް ކޮށްފައިވުމާއެކު ޖެނުއަރީ 24ގައި ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކައިވެނީގެ ހަފްލާގައި ގިނަ ބަޔަކު ބައިވެރި ކުރަން ބޭނުންވި ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ވާން ނެތް ކަމަށާއި އެހެންކަމުން ކައިވެންޏަށް ދައުވަތު ދިނީ ދެ ފަރާތުގެ އާއިލާގެ 50 އެއްހާ މީހެއް ކަމަަށް އޭނާ ވަނީ ބުނެފައެވެ.

ވަރުން ކައިވެނި ކުރުމަށް ނިންމާފައި ވަނީ މުމްބާއި ގެ “އަލީބޮގް” ނަމަކަށް ކިޔާ އަވަށެއްގައެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!