ޚަބަރު

ޖެނުއަރީ 21 ގައި ލަންކާ ހުޅުވާލަނީ، ކަރަންޓީނުވާން ނުޖެހޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި މަހުގެ 21 ވަނަ ދުވަހު ލަންކާ ބޯޑަރު ހުޅުވާލުމުގެ މަސައްކަތަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެގައުމުގެ ސަރުކާރުން ވާން ފަށައިފިއެވެ.

Ads by STELCO

އެގޮތުން ލަންކާއިން ވަނީ ބޯޑަރު ހުޅުވާލުމަށްފަހު ދަތުރުވެރިން ސަމާލުވާން ޖެހޭ ކަންކަން އިއްޔެ އާންމު ކޮށްފައެވެ. 10 މަހަށް ފަހު ލަންކާގެ ބޯޑަރުތައް ހުޅުވާލާއިރު، ލަންކާ ސަރުކާރުގެ އަމާޒަކީ ޖެނުއަރީ 23 ވަނަ ދުވަހު އެއާޕޯޓު އާންމު ހާލަތަށް ގެނައުމެވެ.

ލަންކާއަށް އެތެރެވާއިރު، އިމިގްރޭޝަން އޮންލައިން، "އިލެކްޓްރޯނިކް ޓްރަވެލް އޮތޮރައިޒޭޝަން" ޕޯޓަލް މެދުވެރިކޮށް ވިސާ ހޯދަން ޖެހޭއިރު، ކަރަންޓީނު ވާން ނުޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބޭނުން މުއްދަތެއްގައި ލަންކާގައި މަޑުކުރެވޭއިރު، މަޑުކުރަން ޖެހެނީ ލަންކާ ސަރުކާރުން ހުއްދަ ދީފައިވާ ހޮޓެލްތަކުގައެވެ.

އެތެރެވުމުގެ ކުރިން ހޮޓެލް ބުކް ކުރަން ޖެހޭއިރު، ޕީސީއާރް ނައްސި ޓެސްޓެއް ވެސް ހުށަހަޅަންޖެހެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!