ޚަބަރު

އިންޑިއާއިން ރާއްޖެއަށް 1 ލައްކަ ޑޯޒް ވެކްސިން ދެނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ކޮވިޝީލްޑް ވެކްސިން ޝިޕްމެންޓެއް ބޯޓަކަށް އަރުވަނީ

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައި ވަނީ ކޮވިޑް19އަށް އުފައްދާފައިވާ ވެކްސިންގެ 1 ލައްކަ ޑޯޒް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

Ads by MWSC

ވެކްސިންގެ ފުރަތަމަ ޝިޕްމެންޓު މާދަމާ ރާއްޖެ ގެންނަން ނިންމާފައިވާއިރު، މާދަމާ ރާއްޖެ ގެންނަނީ މީގެ ތެރެއިން ކިތައް ޑޯޒް ކަމެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ "ވިއޮން" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯރޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވެކްސިން ރާއްޖެއަށް ލިބޭނީ މާދަމާ ރާއްޖޭ ގަޑިން 1400 ގައި ކަމަށްވެސް އެނޫހުން ބުނެފައިވެއެއެވެ.

ވެކްސިން އާ ގުޅުން ހުރި އެޕްރޫވަލްތައް މިހާރު ދިވެހި ސަރުކާރުން ދީފައިވާ ކަމަށް އެނޫހުން ރިޕޯޓްކުރެއެވެ.

މިގޮތުން ރާއްޖެއަކީ އިންޑިއާގެ ވެކްސިން ފޯރުކޮށްދިން ފުރަތަމަ ޤައުމެވެ.

ނަމަވެސް ރާއްޖެއަށް ގެންނަން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނާ ވެކްސިންގެ އެެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން ވެސް އަދި އެޗްއީއޯސީން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ވަރަށް އަވަހަށް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ މިހަފްތާގެ ތެރޭގައި ވިދާޅުވެފައެވެ.

  1. އައްޔު

    މިހާރުވެސް އިންޑިއާއިން ތިޔަ ވެކްސިން ޖެހިމީހުންގެ ހާލަތުގޯސް