ދުނިޔެ ސިއްޙަތު

އިންޑިއާގައި ވެކްސިން ޖަހަން އެތައް ހާސް މީހުންނެއް ނުދޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގައި ވެކްސިން ޖަހަން އެތައް ހާސް މީހުންނެއް ނުދާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

އާންމުން ވެކްސިން ޖަހަން ނުދަނީ އެ ގައުމުން ވެކްސިން ޖެހުމަށްފަހު ދެ މީހަކު މަރުވެފައިވާކަމަށް ސަރުކާރުން ބުނެފައިވުމާ ގުޅިގެންނެވެ.އެގޮތުން އުމުރުން 52 އަހަރުގެ މީހަކު ވެކްސިން ޖެހުމަށް ފަހު މަރު ވެފައި ވެއެވެ. މީގެ އިތުރުން 43 އަހަރުގެ މީހަކު ހާޓް އެޓޭކް އެއް ޖެހިގެން މަރުވެފައި ވެއެވެ. މި ދެމީހުންވެސް މަރުވެފައިވަނީ ވެކްސިން ޖެހިތާ މާގިނަ އިރުތަކެއް ނުވެ ކަމަށް ބޭރުގެ ޚަބަރު ތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި އެންމެ ފުރަތަމަ ވެކްސިން ޖެހި ތިން ދުވަހުގެ ތެރޭގައި އެކި މީހުންނަށް އުނދަގޫތަކެއް ވެފައިވާކަމަށެވެ. މީގެ ތެރޭގައި ވެކްސިން ޖެހުމަށްފަހު ހުން އައުން، ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުން ހިމެނެއެވެ. ކޮވިޑް-19 އަށް އިންޑިއާގެ 224،309 އަށް ވުރެ ގިނަ ސިއްޙީ މަސައްކަތްތެރިންނަށް ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ވެކްސިން ދެވިފައި ވާނެކަމަށް ޚަބަރު ތަކުން މައުލޫމާތު ދެއެވެ.

އިންޑިއާގެ ހަރްޔާނާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދެވުނު އިރު ވެކްސިން ޖަހަން ސެންޓަރަށް އައިސްފައިވަނީ 100 މީހުންގެ ތެރެއިން އެންމެ 29 މީހުން ކަމަށް އެތަނުގެ ޑޮކްޓަރެއް ބުނެފައި ވެއެވެ. އޭނާ ބުނި ގޮތުގައި މީހުން ތިބެނީ ވެކްސިން ޖެހުމަށް ބިރުން ކަމަށެވެ. އަދި އެއްވެސް ބަޔަކު ގަދަކަމުން ވެކްސިން ޖަހަން ނުގެނެވޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އިންޑިއާ އަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސި ވެފައި ވާ ގައުމެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ އަދަދު 10,596,100 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 152،743 އަށް އަރާފައެވެ. ހާލު ބޮޑު 8944 މީހުންނަށް ފަރުވާދެމުން ދާއިރު ބަލިން ރަނގަޅު ވެފައިވަނީ 10،244،677 މީހުންނެވެ.

Ads by HDC
  1. އައިމިނާ

    ވެކްސިންގެ ނަން ލިޔެލިނަމަ ފުރިހަވީސް