ދުނިޔެ

އިންޑިއާގެ ކޮވިޑް ވެކްސިނަށް ސަމާލުވުމަށް އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ ބަރާތު ބަޔޯޓެކްއިން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރުމުގައި ސަމާލުވާން އެ ކުންފުނިން އަންގައިފި އެވެ.

Ads by Sosun Fihaara

އެ ކުންފުނިން މިހެން ބުނެފައި ވަނީ ކޯވެކްސިން ޖެހި ބައެއް މީހުނަށް ސިއްހީ މައްސަލަތައް ދިމާވުމާ ގުޅިގެންނެވެ. އެގޮތުން ވެކްސިން ޖެހި ބައެއް ފަރާތްތަކަށް ދިމާވި ސިއްހީ މައްސަލަތަކުގެ ތެރޭގައި ކަރުތެރެ ދުޅަވުން، ބޯ އަނބުރައި ވަރުބަލިވުން، ހުން އައުން އަދި ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ.

ކޮވިޑް-19 އަށް އިންޑިއާގެ 224،309 އަށް ވުރެ ގިނަ ސިއްޙީ މަސައްކަތް ތެރިންނަށް ފުރަތަމަ ދެ ދުވަހުގެ ތެރޭގައި ވެކްސިން ދެވިފައި ވާނެ ކަމަށް ޚަބަރު ތަކުން މައުލޫމާތު ދެއެވެ.އޭގެ ތެރެއިން 477 މީހެއްގެ ގައިން ވަނީ ސިއްހީ އެކި މައްސަލަތައް ދިމާވެފައެވެމީގެ ތެރެއިން 3 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެވުނު ކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާގެ ބަރާތު ބަޔޯޓެކްއިން އުފެއްދި ކޮވިޑް ވެކްސިން ބޭނުން ކުރުމުގައި ސަމާލުވާން އެ ކުންފުނިން އަންގައިފައި ވާއިރު އެކުންފުނިން ބުނީ ދިފާއީ ނިޒާމް ބަލިކަށި މީހުންނާއި އެލާޖިކެއް ތަހަންމަލުކުރާ މީހުން އަދި ލޭ މަނާ ކުރަން އުނދަގޫ މީހުން ކޯވެކްސިން ޖެހުން ރައްކާތެރި ނޫން ކަމަށެވެ.

އިންޑިއާ އަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސި ވެފައި ވާ ގައުމެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ އަދަދު 10,596,100 އަށް ވުރެ މައްޗައް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 152،743 އަށް އަރާފައެވެ. ހާލު ބޮޑު 8944 މީހުންނަށް ފަރުވާދެމުން ދާއިރު ބަލިން ރަނގަޅު ވެފައި ވަނީ 10،244،677 މީހުންނެވެ.

Ads by Allied Insurance
  1. އައިމިނާ

    އިންޑިޔާގެ ކޮވިޑްވެކްސިން ކިޔާ ވެކްސިނެއް ނެރުނީތޯ؟؟

  2. އަޅުގަނޑު

    224000 މީހުން ގަޔަށް ޖެހިފަ 400 މީހުނާ ނުގުޅުން އެ މައްސަލް އެއް ނޫން. މި ރާއްޖޭގަ އެޔައްވުރެ ގިނަ ބޭސްތަކަށް އެލާޖިކު ވާ މީހުން މަަ ގިނަ ވެސް ވެދާނެ މަދު ވެސް ވެދާނެ. ޖަހަން ބޭނުން ނުވާ މީހުން ދޫކޮއްލާ މައްސަލަ އެއް ނުން އެއީ ޓްރަސްޓް އަކީ އެކަހަލަ އެއްޗެއް. އަހަރުމެން ޖަހަން ބޭނުންވާ މީހުނަށް އަވަހާ ފޯރުކޮށްދެއަވާ. އާދޭހެކެވެ.