ޚަބަރު

ޝިދާތާ ފިލްމީ ތަރި ޒިޔާއާ ކައިވެނި ކުރަނީ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު، މަޝްހޫރު ފިލްމީ ތަރި ޒިޔާއު (ޒިޔާ)އާ އެންގޭޖް ވެއްޖެއެވެ. އަދި މި ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

Ads by MWSC

މިކަން ޝިދާތާ ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ހާމަ ކޮށްފައެވެ. އެގޮތުން އޭނާ އާއި ޒިޔާގެ އެންގޭޖްވުމުގެ ހަފްލާގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އޭނާ ލިޔެފައި ވަނީ މިއީ ދިރިއުޅުމުގައި ކޮށޭ އައު މަގެއް ކަމަށެވެ. އަދި ލޯބިން ފުރިފައިވާ ހިތަކާއެކު ފަށާ އައު ފެށުމެއް ކަމަށެވެ.

ޒިޔާ ވެސް ވަނީ މިއަދުގެ ތާރީހު ފޭސްބުކް ސްޓޭޓަސްއެއްގައި ހިއްސާ ކުރުމަށްފަހު އޭނާ ހުރީ އުފަލުންކަން ހާމަ ކޮށްފައެވެ.

ޝިދާތާ ޖެންޑަރ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު ކުރީ ކޮޅުގައެވެ. އަދި އިސްތިއުފާ ދެއްވުމަށްފަހު ޖެންޑާ މިނިސްޓްރީ އާއި ސަރުކާރަށް ރައްޔިތުންގެ އިތުރުބާރު ކުޑަވިޔަ ނުދޭން މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިޔަސް މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވެފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން ޒިޔާގެ އަމިއްލަ ސްޓޫޑިއޯއެއް ހަދައި ދެ ލަވައެއް ނެރެ ފިލްމީ މަސައްކަތްތައް ކުރަން ފަށާފައިވެއެވެ.

  1. އަދާލަތު

    އަދާލަތުޕާޓީންޕިލްމުއުފެއްދުމުގައި
    އަޅުކަމެއްތޯއްޗެފިލްމާލަވަޔަކީވެސް