ޚަބަރު

ޤާނޫނަށް ގެނައި ބަދަލާއެކު ހިތަދޫ ޕޯޓަށް ގެންނަ މުދާ އިތުރުވެފައިވޭ: އެޗްޕީއެލް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި ބަދަލާއެކު، ހިތަދޫ ޕޯޓަށް ގެންނަ މުދާ އިތުރުވެ، ކުންފުނީގެ އާމްދަނީ އިތުރު ވެފައިވާ ކަމަށް ހިތަދޫ ޕޯޓު ލިމިޓެޑް، އެޗްޕީއެލްއިން ބުނެފިއެވެ.

Ads by STELCO

ހިތަދޫ ޕޯޓު ލިމިޓެޑްގެ މެނޭޖަރ އިބްރާހީމް ރަޝީދު ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި ބަދަލާއެކު ހިތަދޫ ޕޯޓަށް ގެންނަ މުދާ އިތުރުވެފައި ވާކަމަށާއި އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް 200 އަށް ވުރެ ގިނަ ކޮންޓެއިނަރ ހިތަދޫ ޕޯޓަށް ވަންނަ ކަމަށެވެ.

“އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް 200 އަށް ވުރެ ގިނަ ކޮންޓެއިނަރ މިތަނަށް ވަދޭ. މިހާރު މިވަގުތަށް ބަލާއިރު އަޅުގަނޑުމެންގެ ހުރި ވެހިކަލްތަކާއި މެޝިނަރީސް ތަކުން މިވަގުތަށް މެނޭޖުކުރެވޭ”އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ބަނދަރުގެ ޑިވެލޮޕްމެންޓު ޕްރޮޖެކްޓް ނިމިގެންދާއިރު ކުންފުންޏަކީ ފައިދާވާނެ ކުންފުންޏަކަށް ހެދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޓުޓިކޮރިން ކާގޯ ފެރީގެ ދެވަނަ ބޯޓު މިހާރު ހިތަދޫ ޕޯޓަށް އައިސްފައިވާއިރު، މިހާރު ކާގޯ ގެނެވޭ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!