ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ބޫޗީސް ބަލިކޮށް މަސްއޮޑި ޓައިޓަންސްއިން ފެށުން ރަނގަޅު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗު ބޫޗީސްއާ ވާދަކޮށް މަސްއޮޑި ޓައިޓަންސް އިން ފަސޭހަކަމާއެކު 5-2ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.

Ads by Sosun Fihaara

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗު ކޮންޓްރޯލް ކޮށްގެން ގިނަ ވަގުތު ކުޅެފައިވަނީ މަސްއޮޑި ޓައިޓަންސް އިންނެވެ.

މަސްއޮޑި ޓައިޓަންސްއަށް މިމެޗުގައި ގޯލްތައް ކާމިޔާބު ކޮށްދިނީ ނާއިހް މުފީދް، އިބްރާހިމް ރިމާހު، އިސްމާއިލް ވަޖީހު އަދި މުހައްމަދު ވިލްފް އެވެ. އެގޮތުން ވަޖީހު ވަނީ ދެގޯލް ކާމިޔާބު ކޮށްފައެވެ.

މެޗުގައި ބޫޗީސްއިން ޖެހި ދެލަނޑަކީ ވެސް އަހްމަދު ޝާނީޒް ކާމިޔާބު ކޮށްދިން ދެ ލަނޑެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މަސްއޮޑި ޓައިޓަންސްގެ ޖާރޒީ ނަންބްރު 13 މުހައްމަދު ވިލްފުއެވެ.

މި މުބާރާތުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!