ލައިފްސްޓައިލް ސިއްޙަތު

ނުރައްކަލުގެ އިންޒާރެއް: މާގިނައިން ކޮފީ ބޯނަމަ ކަންފަތް ބީރު ވެދާނެ!

ދެން އެމްވީ ، ދެން އޮންލައިން

ބާރު އަޑުތައް އިވޭ ތަންތަނުގައި ތިބެފައި ބޭރަށް ނުކުމެވޭއިރު ގިނަ މީހުންގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސަ އެވެ. މިހެން ވުމުން ބައެއް މީހުން ބޭނުންވަނީ ކޮފީ ތައްޓެއް ބޯލައިގެން ބޯ ހަމަޖައްސާލާށެވެ.

Ads by Sosun Fihaara

ނަމަވެސް މި މުހިއްމު ކޮފީތަށިން ކަންފަތުގެ އިވުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ވަރަށް ފަހުން ހަދާފައިވާ ދިރާސާއަކަށް ބިނާކޮށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

މެކްގިލް ޔުނިވަސިޓީން ހަދާފައިވާ މި ދިރާސާއިން ދައްކަނީ ކޮންމެ ދުވަހަކު ކެފެއިން ބޭނުންކުރުމަކީ ގަދަފަދަ އަޑުތަކުގެ ސަބަބުން ކަންފަތުގެ އިވުމަށް ލިބޭ ވަގުތީ ގެއްލުންތައް މަރާމާތުކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

އިމާރާތްކުރާ ތަންތަނުން އިވޭ ގަދަފަދަ އަޑުތަކާއި ބާރު މިއުޒިކް އަދި މަތިންދާބޯޓުގެ އިންޖީނުގެ އަޑުން ކަންފަތަށް ލިބޭ ގެއްލުންތަކުން ސަލާމަތްވާން އާންމުކޮށް ނަގަނީ 72 ގަޑިއިރެވެ. ނަމަވެސް ތަޖުރިބާކާރެއް ކަމަށްވާ މެކްކިލް އިންޒާރުދޭ ގޮތުގައި ގަވާއިދުން ކޮފީ ބުއިމަކީ ލިބޭ ގެއްލުން ފަސޭހަވުމަށް ހުރަސްއެޅި ދާއިމީ ގެއްލުމަކަށް ބަދަލުވެދާނެ ކަމެކެވެ.

"ކަންފަތަށް ބާރު އަޑުއަޑު އިވުމުން ކަންފަތުގެ އިވުމުގެ ކުޅަދާނަކަން ވަގުތީގޮތުން ދަށްވާނެ. ނަމަވެސް މިގޮތަށް ކަންފަތުގެ އަޑުއިވުމުގެ ނިޒާމަށް ލިބޭ ގެއްލުން އޭގެ ޒާތުގައި 72 ގަޑިއިރުގެ ތެރޭގައި ފަސޭހަވާނެ. ނަމަވެސް ރަނގަޅުނުވެ ހުންނަން ވެއްޖެ ނަމަ އެ ލިބޭ ގެއްލުމަކީ ދާއިމީ ކަމަކަށް ވެދާނެ،" މެކްގިލް ވިދާޅުވި އެވެ.

ދިރާސާކުރި ޑޮކްޓަރުންގެ ޓީމުން މިހާރު ވަނީ ޖަނަވާރުން ބޭނުންކޮށްގެން މި ތިއަރީ ޓެސްޓްކޮށްފަ އެވެ. އެގޮތުން ވަރަށް އަޑުގަދަ ކޮންސަޓަކުން އެއްގަޑިއިރު އިވޭހާ ބާރުގަދަ އަޑު މި ޖަނަވާރުންނަށް އިއްވައިގެން ޓެސްޓް ކުރި އެވެ. މި ޓެސްޓްގައި ބައިވެރިކުރި ޖަނަވާރުންގެ ދެބައިކުޅަ އެއްބަޔަށް ކެފެއިންގެ ޑޯޒެއް ދިންއިރު އަނެއް ގްރޫޕަށް ކެފެއިންގެ އެއްވެސް މިންވަރެއް ނުދެ އެވެ.

ފުރަތަމަ ދުވަސް ފާއިތުވީއިރު ދެ ގްރޫޕުގެ ޖަނަވާރުތަކަށް ވެސް އިވުމަށް ލިބުނު ގެއްލުންތައް ފަސޭހަވުމުގައި އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. ނަމަވެސް މިގޮތަށް ޖައްސަޖައްސައިގެން އަށް ދުވަހު ޓެސްޓްކުރުމުން ހާމަވި ގޮތުގައި ކެފެއިން ޑޯޒް ކޮންމެ ދުވަހަކު ދެމުން ދިޔަ ޖަނަވާރުތަކުގެ ކަންފަތުގެ އިވުމަށް ލިބުނު ގެއްލުން ފަސޭހަވަމުން ދިޔަލެއް އަނެއް ގްރޫޕްގެ ޖަނަވާރުތަކަށް ވުރެ މާ ލަހެވެ.

ކެފެއިން އެންމެ ގިނައިން ވެސް ބޭނުންކުރުން އެދެވިގެން ވަނީ ދުވާލަކު ތިން މިލިގްރާމް/ކޭޖީ އެވެ. މިއީ ތިން ޖޯޑު ކޮފީގެ މިންވަރެވެ.

ސޮޑާގެ ވަރަށް ގިނަ ބާވަތްތަކުން މިއަށްވުރެ މާގިނައިން ކެފެއިން އަޅާފައި ހުރެ އެވެ. ބައެއް ދަޅުގައި 200 މިލިގްރާމް ވެސް ހުރެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!