ބޮލީވުޑް

ވަރުންގެ ކައިވެނީގެ މިފޮޓޯއިން ގިނަ މީހުން އެންމެ އަޅައިގަތީ ކޮންކަމެއްކަން އެނގޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔަރ" އިން ބޮލީވުޑަށް ތައާރަފްވި ކުޅަދާނަ އެކްޓަރު ވަރުން ދަވަން އިއްޔެ ވަނީ އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ދަލާލްއާ ކައިވެނި ކޮށްފައެވެ.

Ads by MWSC

އަލީބާގް ގެ ހޮޓަލެއްގައި އިއްޔެ ހަވީރު އެދެމީހުން ކައިވެނި ކޮށްފައިވާއިރު، ދެ ފަރާތުގެ އާއިލާ އާއި ގާތް މީހުންނާއެކު ދައުވަތު ދީފައިވަނީ 50 މީހުންނަށެވެ. އެގޮތުން ދައުވަތު ދިން ގާތް މީހުންގެ ތެރޭގައި ކަރަން ޖޯހަރް އާއި ސަލްމާން ޚާން ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ވަރުން ގެ ކައިވެނި ދެކިލާ ހިތުން ގިނަ އަދަދެއްގެ މީހުން އެހޮޓެލް ކައިރިއަށް އިއްޔެ އެއްވިއިރު، ކައިވެނީގެ ފޮޓޯތައް ބަލާލާ ހިތުން ވެސް އެތައް ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.

ސަޕޯޓަރުންގެ އެއިންތިޒާރަށް ނިމުމެއް ގެނެސް ވަރުން މިއަދު ވަނީ އިންސްޓަގްރާމް ގައި އޭނާގެ ކައިވެނީގެ ދެ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.

އޭގެތެރެއިން ގިނަ ބަޔަކު އެންމެ ފާހަގަ ކުރީ، ވަރުން އާއި ނަތާޝާ ކައިވެނި ކުރަން އިށީނދެގެން ތިބި އިރު، ފަަހަތުގައި ވަރުން ގެ ބައްޕަ އަދި މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން، ވަރަށް އުފަލުން ހުރި މަންޒަރު ފެންނަ ފޮޓޯއެވެ.

އެތައް ބަޔަކު ވަނީ ވަރުންގެ ކައިވެންޏާ ގުޅިގެން ޑޭވިޑް ވަރަށް އުފާވެފައި ހުރިކަން ފާޅުވާން ހުރިކަން ފާހަގަކޮށް، އެއީ ވަރަށް ވެސް އުފާވެރި މަންޒަރެއް ކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!