ރައްޔިތުންނަށް އަނިޔާ ކުރާ މީހުންނަށް އެކަމުގެ ހިތި ފެންނާނެ ދުވަހެއް އަންނާނެ: ޣައްސާން
ހުދުމުހުތާރުކަން އިސްކޮށް ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާ މީހުންނަށް އެކަމުގެ ހިތި ފެންނާނެ ދުވަހެއް އަންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު މައި ޕާރޓީ ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާތީ އެމީހުން ދޫކޮށްލުމަށް ގޮވާލާ ފުލުހުންގެ އިދާރާ ކުރިމައްޗަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން 18 މީހުން ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި އެ ކޯލިޝަންގެ އިސް ވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ މި އެއްވުމުގެ ތެރެއިން ހައްޔަރު ކޮށްފައެވެ.
ފުލުހުންގެ މައި އިދާރާ ކުރިމަތީ ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޣައްސާން އިތުރަށް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އިހްތިޖާޖަކަށް ނުކުތީ ރައްޔިތުންގެ ހަައްގުގައި ލޯކަލް ކައުންސިލް އަވަސް ކޮށްދިނުމަށް ގޮވާލާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޕްރެޝަރު ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެއީ އިދިކޮޅުގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާ ކުރަން ނުކުތުމުން އަނިޔާވެރިކަމާއެކު އެތައް ބަޔަކު ހައްޔަރު ކުރުމަކީ ވަރަށް ބޮޑު އަނިޔާއެއް އަދި ލަދުވެތި އަމަލެއް ކަމުގައި ވެސް ޣައްސާން ސިފަކުރެއްވިއެވެ.
އެހެންވެއްޖެއްޔާ ކަލޭ ތިޔަބުނާ ދުވސް ފެންނަމުންއެދަނީ ކަލޭމެންގެ ( —–)އަށް ؟
ޣައްސާނޫ ތިޔަކަން ދަސްކޮށްދިން ލިސްޓްގައި ތިބާ ނުހިމެނޭތޯ ބައްޕާފުޅު ޖަލުގައި ބާއްވައިގެން ބަރަކާތްތެރި ރަމަޟާން މަހު ރޯދަ ހިފީ ހިނި އައިސްގެން ހުރެ ބޮޑުބޭބޭފުޅާއި އެކު ތިޔަ ހިތުގައި ރަހުމެއްނެތީމާ ނޫންތޯ ކޮންމެވެސް އެހެންމީހަކަު ތިޔަވާހަކަ ދައްކާ ތިބާ ތިޔަވާހަކަ ދައްކަން ޝަރުތު ހަމަތޯ؟ ބޮޑު ބޭބެ ޖަލުގައި އެއޮތީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރިކަން އަމިއްލަ އަށް އިއުތިރާފުވެގެން ނޫންތޯ؟