ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ބޫޗީޒް އާއި ބުރު ސްޕޯރޓްސްގެ ކުރިމަތިލުން އެއްވަރުވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ބޫޗީޒް އާއި ބުރު އެސްސީ ބައްދަލު ކުރި މެޗު 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެން ނިމިއްޖެއެވެ.

Ads by Hajj Corporation

މި މެޗަކީ މި ދެޓީމުގެ ވެސް ދެވަނަ މެޗެވެ. މުބާރާތުގައި ބޫޗީޒް އިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވީ ބައްޔެވެ. އެ ޓީމު ބަލިވީ މަސްއޮޑި އަތުން 5-2ގެ ނަތީޖާއަކުންނެވެ. އަދި ބުރު އެސްސީ އެޓީމުގެ ފުރަތަމަ މެޗު އޭޖީ އެފްސީއާ ވާދަކޮށް 2-1ގެ ނަތީޖާއަކުން ވަނީ ކާމިޔާބު ކޮށްފައެވެ.

މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ދިޔައެވެ. އަދި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ބުރު އެސްސީގެ  ދެގޯލް ވެސް ޖެހީ އަލީ ހަމްދާންއެވެ. އަދި ބޫޗީޒް އަށް ލަނޑު ޖަހައިދިން ދެ ކުޅުންތެރިންނަކީ ޝާމިލް ރަޝީދާއި ހަމްދޫން އަބްދުލް ހާދީއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުގައި ބުރު އެސްސީގެ ދެލަނޑު ވެސް ކާމިޔާބު ކުރި އަލީ ހަމްދާނެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ

.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!