ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ބޮންގް ބޯއީސްގެ މައްޗަށް ދަ ގޯޅި އިން ކުރި ހޯދައިިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ބޮންގް ބޯއީސް އާއި ދަ ގޯޅި ވާދަ ކުރި މެޗު 3-2ގެ ނަތީޖާއަކުން ދަ ގޯޅިއިން ކާމިޔާބު ކޮށްފިއެވެ.

Ads by STELCO

މި ދެޓީމުން ވެސް ކުޅުނު ފުރަތަމަ މެޗުން ވީ ބައްޔެވެ. އެގޮތުން ވީކޭ އަތުން ބޮންގް ބޯއީސް ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ. އަދި ސްކޮޑްރާ އަތުން ދަ ގޯޅި ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައި ދެޓީމުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. އަދި ފޯރިގަދަ ކުޅުމެއް މި މެޗުގައި ފެނިގެން ދިޔައެވެ، މި މެޗުގައި ދަ ގޯޅީގެ މުއާޒް އަލީގެ ފަރާތުން ދެގޯލް ފެނިގެން ދިޔައިރު ދެން އެޓީމުން ގޯލް ޖެހީ އިބްރާހިމް މާޒް ސައީދެވެ. އަދި ބޮންގް ބޯއީސްގެ ގޯލްތައް މި މެޗުގައި ޖެހީ ތޯއިފް އަބްދުލްރައްޒާގާއި އަބްދުﷲ ނާސިފެވެ.

މި މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ގޯޅިއަށް ދެ ގޯލް ކާމިޔާބު ކޮށްދިން މުއާޒް އަލީއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެ އިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!