ކުޅިވަރު

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖު: ހަލަބޮލި ކޮޅަށް ގިނަ ގޯލް ތަކެއް ޖަހާ ޕާރކް ބޯއީސް ގްރޫޕްގެ ތިންވަނައަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖުގައި ހަލަބޮލި އާއި ޕާރކް ބޯއީސް މިއަދު ހަވީރު ބައްދަލު ކުރި މެޗު ޕާރކް ބޯއީސް އިން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

Ads by Sosun Fihaara

މިއަދުގެ މެޗަށް ނުކުތްއިރު ވެސް މި ދެޓީމު ވެސް ވަނީ މުބާރާތާއި އަލްވަދާއު ކިޔާފައެވެ. މިހާތަނަށް މި ދެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން މި މެޗަކީ ޕާކް ބޯއިސްއަށް ކާމިޔާބުކުރެވުނު ހަމައެކަނި މެޗެވެ. އަނެއްކޮޅުން ހަލަބޮލި ، މުބާރާތާ އަލްވަދާއު ކީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އެވެ. ގްރޫޕް އޭ އިން ދެވަނަބުރަށް ދަތުރުކޮށްފައިވާ ދެ ޓީމަކީ ކުލަބް އޯވަން އޯ އާއި ރެމްޕޭޖް އެވެ.

މި މެޗުގައި ޕާރކް ބޯއީސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.މި މެޗުގައި ޕާކް ބޯއިސް ޓީމުގެ ލަނޑުތައް ޖަހައިދިނީ ހަތަރު ގޯލު ޖެހި މުސައްނިފު މުހައްމަދު ، ތިން ގޯލު ޖެހި އަހުމަދު ސައިހާން ޖަލީލް، އަދި އަރުގަމް އިބްރާހިމް އާއި އިބްރާހިމް ތޯއިފް، މިއިން ކޮންމެ ކުޅުންތެރިއަކު ކާމިޔާބުކުރި ދެ ގޯލުގެ އިތުރުން ލަހުފާން މުހައްމަދު، ޒައިން މުހައްމަދު، އަދި އިބްރާހިމް ޝައުފް މުހައްމަދު، މިއިން ކޮންމެ ކުޅުންތެރިއަކު ކާމިޔާބުކުރި އެއް ގޯލެވެ. މީގެއިތުރުން ހަލަބޮލި ޓީމުގެ އިސްމާއީލް ނަސީރު އަތުން ބައިކޮޅަށް ވަން ގޯލެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕާކް ބޯއިސް ޓީމުގެ މުސައްނިފް މުހައްމަދެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!