ކުޅިވަރު

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖު: ތިން ވަނަ މެޗުން ވެސް މޮޅުވެ އޯވަންއޯ އިން ގުރޫޕްގެ އެއްވަނަ ޖާގަ ކަށަވަރު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ކްލަބު އޯވަންއޯ، ގްރޫޕު ސްޓޭޖުން ގުރޫޕު އޭ އިން ފަޚުރުވެރި އެއްވަނަ އާއެކު ގުރޫޕު ސްޓޭޖު ނިންމާލައިފިއެވެ.

Ads by MWSC

މި މެޗުގައި ކުލަބް އޯވަންއޯ އިން ދެ ގޯލި ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމަށް ގޯލުތައް ޖަހާ ދިނީ، ޖުމެއިލް ޖަމީލް އާއި އިބްރާހިމް އަސްވަދު (ގަބޭ) އާއި އަލީ ޝިފާއު (ރޮނާ) އަދި މުހައްމަަދު އިމްރާނެވެ. ހަމައެއާއެކު، ރެމްޕޭޖު ޓީމުން ކާމިޔާބު ކުރި ގޯލު، އެޓީމަށް ޖަހައިދިނީ ރެމްޕޭޖު ޓީމުގެ ނަސްރު މުހައްމަދު ދީދީ އެވެ.

މިރޭ މި ދެޓީމުން ވެސް ވާދަވެރި ކުޅުމެއް ކުޅެފައިވާއިރު، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ހޮވުނީ، ކުލަބް އޯވަންއޯ ގެ އަލީ ޝިފާއު (ރޮނާ) އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!