ކުޅިވަރު

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖު: ޒެޕޯ އަތުން ޓްވިންސް ގާޑަން އަށް ހަނި މޮޅެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މުބާރާތުގެ ގުރޫޕު ބީގައި މިއަދު ކުޅެވުނު މެޗުގައި ޒެޕޯއާއި ޓުވިންސް ގާޑަން ވާދަކޮށް 2-3 ގެ ނަތީޖާއަކުން ޓުވިންސް ގާޑަން މެޗު ކާމިޔާބު ކޮށްފިއެވެ.

Ads by STELCO

މި މެޗުގެ ނަތީޖާއަށް ފަހު ގުރޫޕު ބީ އިން ދެވަނަބުރަށް ދަތުރުކުރާ ޓީމުތައް ކަށަވަރުވާނީ މި ގްރޫޕުގެ ފަހު މެޗުގައި ޑީސީ އެވެންޖާސް އާއި އެންއެސް ރޯމާ ބައްދަލުކުރާ މެޗަށްފަހު އެނގިގެން ދާނެއެވެ.

މި މެޗުގައި ޓުވިންސް ގާޑަންއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޓީމުގެ އަހުމަދު ޒިދާން އާއި ތައުމީން އަދި އަފްޒަލް އެވެ. އަދި ޒެޕޯގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ އެޓީމުގެ ހުސައިން ޝުއައިބްއެވެ.

މި ފޯރިގަދަ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓުވިންސް ގާޑަންގެ މުޙައްމަދު އަރާޝްއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!