ލުއި ޚަބަރު

މި މީހާ 74 ބޮނޑު އެތެރެ ކުރަން އުޅުނީ މަކަރުވެރި ގޮތަކަށް، އެކަމަކު ސެކިއުރިޓީން މާ ހުށިޔާރު!

ދެން އެމްވީ ، ދެން އޮންލައިން

‎ހިމާޔަތް ކުރެވިފައިވާ ވައްތަރެއްގެ 74 ބޮނޑު އިސްޓާކީނަށާއި އައިސްކްރީމް ފޮށި ތަކެއްގެ ތެރެއަށް އަޅައިގެން އޮސްޓްރޭލިޔާ އަށް އެތެރެކުރުން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

މި މީހާ ހައްޔަރު ކޮށްފައި ވަނީ ވިއެންނާ އެއަރޕޯޓް އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި މީހާ ބޮނޑުތައް ރައްކާކޮށްފައި ވަނީ އޭނާގެ ލަގެޖް ތެރޭގައެވެ. އަދި އޭނާ ވަނީ ސެކިއުރިޓީންނަށް ނުފެންނާނޭހެން ނުވަތަ ޝައްކު ނުވާނޭހެން ކަންތައް ކުރުމަށް ވެސް މަސައްކަތް ކޮށްފައެވެ. އައިސް ކްރީމް ތައްޓާއި އިސްޓާކީނު ތެރެއަށް ވެސް ބޮނޑުތައް އެޅީ އެހެންވެއެވެ.

މިމީހާ ކިތަންމެ މަކަރުވެރި ނަމަވެސްް އެއާރޕޯޓުގެ ސެކިއުރިޓީން އަދި މާ ހުށިޔާރެވެ.އެގޮތުން ފޮށި ފާސް ކުރަނިކޮށް ސެކިއުރިޓީންނަށް މި ތަކެތި ވަނީ ފެނިފައެވެ.

މި ބޮނޑުތަކުގެ އަގު ކަޅު ބާޒާރުގައި 32000 ޔޫރޯ އާއި ގާތް ކުރާނެ ކަމަށް އެ އެއާރޕޯޓްގެ ސެކިއުރިޓީންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މި މީހާ އެތެރެ ކުރަން އުޅުނު 74 ބޮނޑު ގެ ތެރެއިން 2 ބޮނޑު މަރުވެފައިވާ އިރު ބާކީ އޮތް ބޮނޑުތަކުގެ ހާލު ރަނގަޅެވެ. މި މައްސަލައާ ގުޅިގެން މި މީހާ ހައްޔަރު ކޮށްފައިވާއިރު ބޮނޑުތައް ވަނީ އަނބުރާ އެ ތަކެތި ނިސްބަތްވާ ހައިވާނު ބަގީޗާއަށް ފޮނުވާލާފައެވެ. އަދި މި ކުށާ ގުޅިގެން ޖޫރިމަނާގެ ގޮތުގައި އެ މީހާ ވަނީ 5000 ޔޫރޯ ދައްކަން ޖެހިފައެވެ.‎

  1. ުއަހުމަދު

    ރާއްޖެ ނަމަ މިކަންކުރީސް، މިހާރުވެސް ކުރާނެ ތޯއޗެ!