ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ބޮންގް ބޮއިސް ބަލިކޮށް ސްކޮޑްރާ އެސްސީ އިން ގްރޫޕުގެ އެއްވަނަ ޖާގަ ކަށަވަރު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބޮންގް ބޮއިސްއާއި ސްކޮޑްރާ އެސްސީ ބައްދަލު ކުރި މެޗު، 3-1 ގެ ނަތީޖާއަކުން ސްކޮޑްރާ އެސްސީ މެޗު ކާމިޔާބުކޮށްފިިއެވެ. ސްކޮޑްރާ އެސްސީ އިން މި މެޗު ކާމިޔާބު ކުރުމާއެކު ގުރޫޕު ސީގެ އެއްވަނަ މަގާމު ކަށަވަރު ވުމުގެ އިތުރުން، މުބާރާތުގެ ދެވަނަ ބުރަށް އެތީމު ވަނީ ދަތުރު ކޮށްފައެވެ. އަދި ބޮންގް ބޮއިސް ވަނީ މުބާރާތުން ކަޓާފައެވެ.

Ads by MWSC

މިރޭގެ މެޗުގައި ސްކޮޑްރާ އެސްސީ އަށް ލަނޑުތައް ޖަހައިދިނީ، ހަމްދޫން އަހުމަދާއި އަބްދުﷲ ސިނާން އެވެ. މީގެ ތެރެއިން ސިނާން ވަނީ ދެ ލަނޑު ޖަހާފައެވެ.ބޮންގް ބޮއިސް ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ޝަރަފުއްދީން އަބްދުﷲ އެވެ.

މި ފޯރިގަދަ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ސްކޮޑްރާ އެސްސީގެ ޒައިދާން އަހުމަދެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!