ލައިފްސްޓައިލް

އިހުސާންތެރިކަމާ ހިތްތިރިކަމުގެ އެތައް ވާހަކަތަކެއް، އެންމެ ފޮޓޯއަކުން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޑޮކްޓަރުންނާއި ނަރުހުންނަކީ ފުރާނަ ސަލާމަތް ކޮށްދިނުމުގައި ހަމަ ޔަގީނުން ވެސް ބުރަ އަދި އެހާމެ ނުރައްކާތެރި މަސައްކަތެއް ކުރަމުން އަންނަ ބައެކެވެ. އެތައް ދުވަސްތަކެއް ވަންދެން އެކަމުގެ ޢިލްމު ހާސިލު ކުރުމަށް ފަހު މުޖުތަމަޢުގައި އެކި އެކި ބައްޔަށް ޝިފާ އާއި ފަރުވާ ބޭނުން ވެފައި ތިބި އެތައް ބަޔަކަށް އެފުރުސަތު ހޯދައި ދިނުމުގައި އެކި ޑޮކްޓަރުން މަސައްކަތް ކުރަނީ އެކި ގޮތް ގޮތަށެވެ.

Ads by STELCO

މަތީގައި އެވާ ފޮޓޯއިން ފެންނަ މަންޒަރުން އެއްވެސް ވާހަކައެއް ފަހުމު ނުވެދާނެއެވެ. އެހެންނަމަވެސް އެ ފޮޓޯއިން ފެނިގެން އެދަނީ މީހެއްގެ ހިތްތިރިކަމާއި މާތްކަމުގެ ފުރިހަމަ މިސާލެކެވެ. ކާރުގެ ފަހަތުގައި ލިޔެފައި އެވާ ލިޔުންކޮޅުން އެކަން އެނގިގެން ދާނެއެވެ. އަދި އެ ލިޔުންކޮޅު ކިޔާލައިފި މީހެއްގެ ހިތުގައި އެމީހަކަށް އޮތް ލޯތްބާއި ޤަދަރު އިތުރުވެގެން ދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

އާދޭހެވެ. އެ ލިޔުން ކޮޅުގައި އެވަނީ " ފަރުވާ ބޭނުންވާ ނަމަ އަހަރެން ހުއްޓުވާފަ ފަރުވާ ހޯދާށެވެ." މިއީ ޑޮކްޓަރެކެވެ. ޑިއުޓީއަށް ގޮސް އެތައް ބަޔަކަށް ހެޔޮ ހިތުން ޚިދުމަތްތައް ކޮށްދީ އަދި ޑިއުޓީ ނިންމާލުމަށް ފަހުގައި ގެއަށް ދާ މަގުމަތީގައި ވެސް ވީ ވަރަކުން މީހުންނަށް އެހީތެރިކަން ފޯރު ކޮށްދެނީއެވެ. މި މީހާގެ ސަބަބުން މަގުމަތިވެފައި ތިބޭ އެތައް ބަޔަކަށް އެމީހުންގެ ބަލިތަކަށް ޝިފާ ހޯދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އެތައް ބައެއްގެ ހެޔޮ ދުޢާ އެމީހާއަށް ލިބިގެން ދާނެއެވެ.

މިއީ މިއަދު ކޮންމެ ޒުވާނެއް ވެސް ނަމޫނާ ލިބިގަންނަންވީ ކަމެކެވެ. ޚިދުމަތް ކުރާނަމަ ފައިސާ ހޯދުމުގެ ބަދަލުގައި އެ ޚިދުމަތް ބޭނުންވާ މީހާއަށް އެންމެ އެކަށޭނެ ގޮތުގައި އެ ޚިދުމަތް ފޯރު ކޮށްދެވޭތޯ މަސައްކަތް ކުރާށެވެ. ހަމަ ގައިމުވެސް ފައިސާއަށް ވުރެ މާ އަގުބޮޑު އެއްޗެއްް ލިބޭނެކަން ގައިމެވެ. އެއީ ގިނަ ބައެއްގެ ހެޔޮ ދުޢާއާއި އެމީހުންގެ ލޯތްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!