ކުޅިވަރު

"ޑުޕަ ިފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ފަސޭހަ ކަމާއެކު އެންއެސް ރޯމާ ބަލިކޮށް ރެމްޕޭޖު ކުއާޓަރ ފައިނަލްއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންްޖުގެ ދެވަނަ ބުރުގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު އެންއެސް ރޯމާ ބަލިކޮށް ރެމްޕޭޖު ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

Ads by MWSC

މިރޭގެ މެޗު ރެމްޕޭޖު އިން ކާމިޔާބު ކުރީ 5-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރި ދެވަނަ ޓީމަކަށް ރެމްޕޭޖު ވަނީ ވެފައެވެ.

ރޭގެ މެޗުގައި ރެމްޕޭޗުގެ މުހައްމަދު އިންޝާއު އަހުމަދު (ޝާ) ވަނީ ދެލަނޑު ކާމިޔާބު ކޮށްފައެވެ. ދެން އެ ޓީމަށް ގޯލުތައް ޖަހައިދިނީ އަހުމަދު އައިހަމް، ޝިފާޒް އާދިލް އަދި ޖުމާންއެވެ. ދެވަނަ ބުރުގައި ރެމްޕޭޖުން ވާދަކުރާނީ ދަ ރޯޔަލްސްއާއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެމްޕޭޖުގެ ޖާރޒީ ނަންބަރު 2 އަހުމަދު އައިހަމްއެވެ.

ރެމްޕޭޖުގެ ޖާރޒީ ނަންބަރު 2 އަހުމަދު އައިހަމް

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!