ލައިފްސްޓައިލް

ހެޔޮއެދޭ ރަހުމަތްތެރިންނާއި، ހެޔޮއެދޭކަމަށް ހެދިގެން އުޅޭ ރައްޓެހިންގެ ތަފާތު ދެނެގަންނާށެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވަރަށް ގިނަ ބަޔަކަށް ނޭނގިފައި އޮވެދާނެ ވާހަކައެކެވެ. "ރައްޓެހިން" އަދި "ރަހުމަތްތެރިން" މިއީ ތަފާތު ދެ ބައެއް ކަމެވެ. ތަފާތު ދެމާނައެއް އެކުލެވޭ ދެބަހެއް ކަމެވެ. ނަމަވެސް ހަގީގަތުގައި މި ދެބަހަކީ ވަރަށް މާނަ ތަފާތު ދެ ބަހެވެ. ތިބާ ދެކެ ފަރިތަ އެންމެންނަކީ ނުވަތަ ތިބާ ދަންނަ އެންމެންނަކީ ތިބާގެ ރައްޓެހިން ކަމުގައި ބުނެވިދާނެއެވެ. އެހެން ނަމަވެސް ތިބާގެ ރަހުމަތްތެރިންނަކީ ތިބާއަށް ހެޔޮގޮތް ވުމަށް އެދޭ މީހުންނެވެ. ތިބާއަށް ރަހުމަތަށް އެދޭ ތިބާގެ "ރަހުމަތްތެރީން"ނަކީ އެއީ އެވެ.

Ads by STELCO

ތިބާއާ ވާހަކަދައްކާ ތިބާ ދެކެފަރިތަ އެންމެންނަކީ ތިބާއަށް ހެޔޮއެދޭ ބަޔަކަށް ނުވެދާނެއެވެ. ބައެއް ފަހަރަށް ތިބާއާ އެކު އުޅޭ މީހުންނަކީ ތިބާގެ މުދަލަށް ނުވަތަ ތިބާގެ މަޝްހޫރުކަމަށް ތިބާއާއެކު އުޅޭ މީހުން ކަމަށް ވެސް ވެދާނެއެވެ. ތިބާއަށް ދަތި އުނދަގޫ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެ މީހުންނެއް ނުފެންނާނެއެވެ. ތިބާ ބަލިވިޔަސް ތިބާގެ ހާލު ބަލާލުން ބެސް އެމީހުންނަށް މުހިންމު ކަމަކަށް ނުވާނެއެވެ.

ތިބާއަށް ހެޔޮ އެދޭ ރަހުމަތްތެރިންނަކީ ތިބާއަށް ދަތި އުނދަގޫ ހާލަތްތަކުގައި ތިބާއަށް އެހީތެރިވެދޭ މީހުންނެވެ. ތިބާ ބަލިވެއްޖެ ނަމަ ތިބާގެ ހާލު ބަލާ މީހުންނެވެ. އެމީހުންގެ މުހުތާދެއް ނެތް ނަމަވެސް އަބަދުވެސް ތިބާއާއެކު ވަގުތު ހޭދަކުރާ އެކުވެރިންނެވެ. ތިބާގެ ސިއްރުތައް ހިފަހައްޓާ ސިއްރުވެރިންނެވެ.

ދިރިއުޅުމުގައި ކާމިޔާބު ވާން އެދޭ ނަމަ ތިބާއަށް ހެޔޮއެދޭ މީހުންނާއި، ތިބާއަށް ހެޔޮއެދޭ ކަމަށް ހެދިގެން އުޅޭ މީހުންގެ ތަފާތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ނޫން ނަމަ އާޚިރުގައި ހިތާމަ ކުރަން ޖެހިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!