އެކަނިވެރިކަމާއެކު ވެސް ކުރިއަށް ދިއުމަށް ދަސްކުރާށެވެ. އެހެނީ އެއްވެސް މީހަކީ ދާއިމަށް ހުންނާނެ މީހެއް ނޫނެވެ.
ދިރިއުޅުމުގައި އެކި މިޒާޖުގެ އެކި މީހުންނާ ތިބާއާ ދިމާވާނެއެވެ. ލޯބިވެރިންނާއި ގާތް ރަހުމަތްތެރިންނެވެ. އެހެންނަމަވެސް ދަންނަންވީ ކަމަކީ އެއްވެސް މީހަކީ ދާއިމަށް ތިބާއާއެކު ހުންނާނޭ މީހެއް ނޫން ކަމެވެ.
މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބަލައިލައިފި ކަމުގައި ވަނީނަމަ ވެސް އެކަން ފެނިގެން ދެއެވެ. ރައްޓެހިން ބަދަލު ވެ ބައެއް މީހުން އެކަނިވެރިވެއެވެ. ލޯބިވެރިޔާ ރިހޭ ފައިމައްޗަށް ފޮއެ ވައްޓާލުމަށް ފަހު ތެޔޮ ނާށި ކާޅަށް ވީ ގޮތް ވީއެވެ. އެހެންނަމަވެސް ގޯސް ވާނީ ބުނާ މީހާއޭ ބުނާ އަޑު އަހަމުއެވެ.
އާދޭހެވެ. ރުއް ގިނަ މީހާގެ އަޑު ގަދަވާނޭ ބުންޏަސް އަޑުގެ ކޮޅަށް ގޯސް ވާހަކައެއް ދައްކަންޏާ އޭނާ އެބުނާ ވާހަކައާއި އޭނާ ވެސް ގޯހެވެ. ކޮންމެ ވެސް ހިސާބަކުން ކޮންމެ މީހަކު ވެސް އެކަނިވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ. މިއީ ދުނިޔޭގެ އުސޫލަކީ ކަމެއް ނޭނގެއެވެ.
އެހެން ނަމަވެސް ބުނާތީ އަޑު އަހަމުއެވެ. ތިމާއަށް ވުރެ ރަނގަޅު މީހަކާ ދިމާވުމުން ތިމާ ދޫކޮށް އޭނާ ގާތަށް ދާނެއެވެ. އެއީ އަދި ލޯބިވެރިއެއް ކަމުގައި ނުވަތަ ގާތް ރަހުމަތްތެރިޔާ ކަމުގައި ވީނަމަވެސް މެއެވެ. އެފަދަ މަންޒަރުތައް މިއަދު ފެނެއެވެ. ސުވާލަކީ އަނެކާގެ ހިތަށް ލިބެމުންދާ ވޭނާ ކެކުޅުން ކިތަންމެ ވަރަކަށް ފޮރުވި ކަމުގައި ވީނަމަވެސް ހަގީގަތުގައި ފެންނަ މީހަކަށް އޭނާގެ ވޭނާ ކެކުޅުމުގެ އަޑު އިވެމުންދާ ފަދައެވެ.
މީހާގެ މިޒާޖަށް އައިސްފައިވާ މަޑުމޮޅިކަމާއި މާޔޫސްކަން އަނެކާއަށް އެތައް ބައިވަރު ޝަކުވާއެއް އޮއްސާލާ ފަފަ އިހުސާސެއް ވާނެއެވެ. ހިތާމައަކީ އެމަންޒަރު އޭނާ ދޫކޮށްލާ މީހާއަށް ނުފެންނާތީއެވެ. އަދި ފެނުނު ކަމުގައި ވީނަމަވެސް އިންސާނިއްޔަތާއި ހަމްދަރުދީގެ އެންމެ ކަންފުޅެއް ވެސް ނެތީމައެވެ. އެފަދަ މީހަކު ތިމާގެ ދިރިއުޅުމުން ދިޔަ ކަމުގައި ވީނަމަވެސް އެކަމާ ހިތާމަ ނުކުރާށެވެ.
އެހެންނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަން ވެސް ވިސްނެއެވެ. މާ ސިންގާ، ގަދަ ކަނޑެއްގައި ފީނަން ޖެހުމެކޭ އެއްފަދަ ކަމެކެވެ. އެހެންނަމަވެސް އެއްވެސް މީހަކު ތިބާއާއެކު ނެތް ވަގުތު ތިބާއާއެކު އެންމެ ގާތުގައި އެކަލާނގެ ވޮޑިގެން ވާކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ. އެހެންކަމުން ޙަޔާތުގެ ކޮންމެ ފަދަ ކަމަކާ ވެސް ކެރިގެން ކުރިމަތިލާން ދަސްކުރާށެވެ.