އިތުރު މައްސަލައެއްގައި ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގައިފި
އިތުރު މައްސަލައެއްގައި ފުލުހަށް ހާޒިރުވާން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަންގައިފިއެވެ.
މަނީ ލޯންޑަރިންގެ މައްސަލައެއްގައި މިހާރުވެސް ފަސް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ޤާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުޙައްމަދު ޖަމީލު އަހުމަދު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު ކަމަށެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ، އެއްވެސް އަސާސެއް ނެތް ތަފާތު މައްސަލައެއް އުފައްދައިގެން ކަމަށާއި ފުލުހުން ވެސް މިއަދު ހަރަކާތްތެރި ވަމުން އަންނަނީ ވަކި ފަރާތެއްގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ޑރ. ޖަމީލް ތުހުމަތު ކުރައްވާފައިވެއެވެ.
"ހަގީގަތުގައި މިހާރު އެމްއެމްޕީއާރްސީގެ މައްސަލައަކީ އެ މައްސަލައިގެ ތަހުގީގު ކުރެވި މައްސަލައިގައި ހިމެނޭ ފަރާތްތައް، އޭޭސީސީގެ ތަހުގީގުން އެނގިފަ އޮތް މައްސަލައެއް. ވަރަށް ގިނަ ފަރާތްތަކެއް ހިމެނޭ. އޭގެން އެއްވެސް ފަރާތެއް ހާޒިރު ނުކުރައްވައި ހަމައެކަނި ރައީސް ޔާމީން (ހާޒިރު ކުރަނީ) އެގޮތުގެ މަތިން ހާޒިރުކުރާ ހާޒިރު ކުރުމެއް" ޑރ. ޖަމީލް ވިދާޅުވި އެވެ.
ކިހަ ވަރެއް ކޮށްލެވުނީމަބާ މި ސަރުކަރުން ހިތްހަމަ ޖެހޭނީ! މިހާރު ދެން އަހަރެމެން އެމްޑީޕީ މީހުން ވެސް ޔާމީނަށް ހަމްދަރުދީ ވާން ފަށައިފި