ޚަބަރު

ފިޔަވަޅުތަކާ ޚިލާފު ވާނަމަ އެންގުމަކާ ނުލާ ޖޫރިމަނާ ކުރާނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފު ވާނަމަ، އެއްވެސް އެންގުމަކާ ނުލާ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ސަމީރް ވިދާޅުވީ ފިޔަވަޅުތަކާ އެއް ގޮތަށް ޢަމަލު ކުރުމަށް ކުރިން އަންގާފައިވާތީ އާއި ކުރިން ނަސޭޙަތް ވެސް ދެވިފައިވާތީ، މިފަހަރު ޖޫރިމަނާ ކުރެވޭނީ އެއްވެސް އެންގުމަކާ ނުލާ ކަމަށެވެ.

އެޗްޕީއޭ އިން އިއުލާންކުރި ފިޔަވަޅުތައް

  • އެކަނި ކުރާ ކަސްރަތުތައް ފިޔަވ،ާ ހުރިހާ ކުޅިވަރު ހަރަކާތަކާއި ކަސްރަތުތައް ކުރިޔަށް އޮތް 2 ހަފްތާއަށް ހުއްޓާލުން. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަސްރަތުކުރުމުގައި އެކުގައި ދިރިއުޅޭ މީހަކަށް ބައިވެރި ވެވިދާނެ ކަމަށް.
  • އެޗް.ޕީ.އޭ އިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހުރިހާ ޖިމްތަކެއްގައި އެކަނި ކުރާ ކަސްރަތު ކުރެވޭނެ ގޮތަކަށް ބަދަލު ކުރުން.ސަރުކާރު އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށާއ،ި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިޔުމަށް. އަދި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އޮފީސްތަކަށް މުވައްޒަފުން ނެރުމުގައި އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދިނުމަށް. ޚާއްސަކޮށް އެހެނިހެން ފަރާތްތަކާއެކު ކެއުމާއި ސައިބުއިން ހުއްޓާލުމާއި އޮފީސްތަކުގެ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުން. އަދި އޮފީސްތަކާއި ކޮންޕެނީތަކުގައި މަސައްކަތްކުރާ ހައިރިސްކް މީހުން ގޭގައި ތިބެގެން މަސައްކަތްކުރުން
  • ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30އަށް ގްރޭޓަރ މާލެ އޭރިއާގައި ކާފިއު ކުރިޔަށް އޮތް 2 ހަފްތާއަށް އިތުރުކުރުން
  • ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30އަށް ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން ކުރިޔަށް އޮތް 2 ހަފްތާއަށް މަނާ ކުރުން
  • ޕާކުތަކާއި މައިދާންތަކަށް މީހުން ޒިޔާރަތްކުރުން ކުރިޔަށް އޮތް 2 ހަފްތާއަށް ހުއްޓާލުމަށް. ނަމަވެސް ކަސްރަތު ކުރުމަށް ކަނޑައަޅާފައިވާ ޕާކުތަކާއި މައިދާނުތަކުގައި ކަސްރަތު ކުރެވޭނެ ގަޑިތަކާއި ގައިޑްލައިން އެޗް.އީ.އޯ.ސީ އިން އެކުލަވާލައި އެގަޑިތަކުގައި އެކަނި ކަސްރަތު ކުރުމަށް ހުއްދަ ދިނުން
  • ދަތުރުފަތުރުގެ ހުރިހާ ވަސީލަތްތަކެއްގައި ވެސް މާސްކް އެޅުން ތަންފީޒްކޮށް އިތުރަށް ހަރުދަނާކުރުން
  • ޔުނިވަރސިޓީ/ ކޮލެޖްފަދަ ތަންތަނުގައި ކުރިޔަށް އޮތް 2 ހަފްތާގައި އޮންލައިންކޮށް ކިޔަވައި ދިނުމަށް ބަދަލުކުރުން. ޕްރެކްޓިކަލް ސެޝަންތައް ކޮވިޑް-19 އިން ރައްކައުތެރިވުމުގެ ފިޔަވަޅުތަކާ އެކުގައި އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔުން
  • މާލެ ސަރަހައްދުން ރަށްރަށަށް ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭން ދާފަރާތްތައް ދަތުރު ކުރުމުގެ 72 ގަޑިއިރު ތެރޭގައި ޕީ.ސީ.އާރު ޓެސްޓު ހެދުމަށް
  • ޕްރީ ސްކޫލްތަކާއ،ި ނާރސަރީތަކާއ،ި ޑޭ-ކެއަރ ހިދުމަތްދޭ ތަންތަން ބަންދުކުރުން
  • މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ކުރުން. އަދި މިކަންތައް ތަންފީޒްކުރުން ހަރުދަނާ ކުރުން
  • ގްރޭޓަރ މާލެ އޭރިއާ އަށް ވެކްސިން ޖެހުމަށް ފޯކަސް ކުރުމަށް
  • ފަރުކޮޅުފުށި ފެސިލިޓީގެ ޚިދުމަތް މާދަމާ ޚިދުމަތް ފެށުމަށް. އަދި ތަން ބެލެހެއްޓުމުގައި ނޭޝަނަލް ޑިފެންސް ފޯހުން އެހީތެރިކަން ފޯރުކޮށްދިނުމަށް.
  • ކެފޭ އަދި ރެސްޓޯރަންޓްތަކުގައި އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރޭތޯ ކަށަވަރު ކުރުން

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!