ޚަބަރު ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް އިދިކޮޅުން މަޖިލިސް ކައިރީގައި މުޒާހަރާކުރަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ ބަޔާން އިއްވަމުން އަންނައިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މަޖިލިސް ކައިރީގައި މުޒާހަރާކުރަން ފަށައިފިއެވެ.

މި އެއްވުމުގައި އިދިކޮޅު ސަޕޯޓަރުންނާއެކު އެ ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން މި އެއްވުމުގައި އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާޓިގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ސޯސަން މަގުން މަޖީދިއްޔާ ސްކޫލާ ދިމާލަށް މަޖިލީހަށް ވަދެވޭ ގޯޅި ކުރިމަތީގައި ތިބެ ކުރަމުން އަންނަ މި ސުލްހަވެރި އެއްވުމުގައި، އެއްވުމުގެ ބައިވެރިން ދަނީ ރައީސް އަބްދުﷲ ޔާމީން ގޮވާލާ ބެނާތައް ހިފައިގެން ތިބެ އަޑުއުފުލަމުންނެވެ.

މަޖިލިސް ކައިރިއަށް ނުވަދެވޭނެހެން އެމަގު ބަންދު ކޮށްފައިވާއިރު، ފުލުހުން އަންނަނީ އެ ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެންބަރެއް ބައިވެރިވެފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!