ޚަބަރު ރައްޔިތުންގެ މަޖިލިސް

އެމްޑީޕީއިން ރައީސް ޔާމީންގެ ދައުރުގައި ވަލުކުއްތާ ތަކެއް ހެން ޖެއްސި ވައްވަކެއް މިއަދަކު ނުޖައްސާ: މޮސްޓާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެހެން އަހަރުތަކުގައި ރިޔާސީ ބަޔާން އިއްވާ ދުވަސްތަކެކޭ އެއްފަދައިން މިއަދު ވެސް މަޖިލީހުގައި އިހްތިޖާޖު ކުރި ކަމަށާއި ނަމަވެސް ރައީސް ޔާމިންގެ ދައުރުގައި އެމްޑީޕީއިން ކުރި އިހްތިޖާޖާ ތަފާތުކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މޮސްޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ވެސް މަޖިލީހުގައި އިހްތިޖާޖު ކުރި ކަމަށާއި ނަމަވެސް 2013 އިން 2018ވަނަ އަހަރާއި ހަމައަށް އެމްޑީޕީއިން ވަލުކުއްތާ ތަކެއްހެން ޖެއްސި ވައްވަކެއް ނުޖައްސާ ކަމަށެވެ.

މީގެ އިތުރުން އަބުރަހާގެ އެތަށް ރާ ދިނުމުން އުޅުނު ގޮތަކަށް ވެސް ނޫޅޭ ކަމަށާއި މިފެންނަނީ ޖާހިލުންނާއި އެހެން މީހުންގެ ތަފާތު ކަމަށް ވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ. މޮސްޓާ މި މޭރުމުން ވާހަކަ ދެއްކެވީ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވި ވަގުތު އެމްޑީޕީއިން ކުރި އިހްތިޖާޖު ތަކާއި މިއަދު ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު ކޯލިޝަންގެ ފަރާތްތަކުން ކުރި އިހުތިޖާޖާ ހުރި ތަފާތު ބަޔާން ކޮށްދިނުމަށް ކަމަށް ބެލެވެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ރައީސް ސޯލިހާއި މަޖިލީސް ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޗެމްބަރުން ނިކުމެވަޑައިގެން މަޖިލީހުން ބޭރަށް ނިކުމެވަޑައިގަންނަވާ ދޮރު ކައިރިއަށް ވަަޑައިގެންނެވިއިރު އިދިކޮޅު މެންބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ބެނާ އެއް ހިއްޕަވައިގެން ތިބެ އިހުތިޖާޖު ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!