އޮކްފޯޑް ވެކްސިނުން ކޮވިޑް-19 އެފްރިކާ ވޭރިއަންޓާ ދެކޮޅަށް ރައްކާތެރިކޮށްދެނީ ކުޑަކޮށް: ދިރާސާ
(ބީބީސީ) އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިނުގެ އަސަރު ކޮވިޑް-19ގެ ވޭރިއަންޓްއާ ދެކޮޅަށް ރައްކާތެރިކޮށްދެނީ ކުޑަ މިންވަރަކަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
501.V2 ނުވަތަ B.1.351 ގެ ނަންދެވިފައިވާ ކޮވިޑް-19 ދެކުނު އެފްރިކާއިން އުފެދުނު ވޭރިއަންޓްއާ ދެކޮޅަށް މިހާރު އުފައްދާފައިވާ ވެކްސިން މަސައްކަތް ކުރޭތޯ ސައިންސްވެރިން ދަނީ ތަޙްލީލް ކުރަމުންނެވެ. އަދި ޕިއާރ ރިވިއު ނުކޮށް އޮތް މިދިރާސާ ކޮށްފައި ވަނީ ޖުމްލަ 2،000 މީހުން ބައިވެރި ކޮށްގެންނެވެ.
މިދިރާސާގައި ކޮވިޑް-19ގެ އެފްރިކާގެ ވޭރިއަންޓްއާ ދެކޮޅަށް ރައްކާތެރި ކޮށްދެނީ ކުޑަމިންވަރަކަށް ކަމަށް ދެއްކި ނަމަވެސް ބަލި ޖެހުމަށްފަހު ހާލަތު އިތުރު ގޯސްވުމުން ވެކްސިނުން ދުރު ކޮށްދެއެވެ.
އޮކްސްފޯޑް ވެކްސިން އުފައްދާ ޑިމާޕްޓްމެންޓްގެ ލީޑް ޕްރޮފެސަރ ސަރަހް ގިލްބާޓް ވިދާޅުވީ، އެފަރާތުން ހަދާފައިވާ ވެކްސިނުން ކޮވިޑް-19 އެފްރިކާ ވޭރިއަންޓްގެ ސަބަބުން ދިމާވާ ބޮޑެތި ކޮންޕްލިކޭޝަންސްތަކުން ދުރުކޮށްދޭނެ ކަމަށާއި ކޮވިޑް-19 ޖެހި ހަސްފަތާލު ކުރުންތައް މަދުވާނެ ކަމަށެވެ. އަދި ޖޫން މަހުގެ ތެރޭގައި ވެކްސިން ، އާ ވޭރިއަންޓްއާ ދެކޮޅަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ސަރަހް ވިދާޅުވިއެވެ.
އެފްރިކާގައި އޮކްސްފޯޑް ވެކްސިން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. ދެކުނު އެފްރިކާގައި ގިނަ މީހުންނަށް ޖެހިފައި ވަނީ ކޮވިޑް-19ގެ އާ ވޭރިއަންޓްކަން ފާހަގަ ކޮށްލެވެއެވެ.
ސަރަހް ގިލްބާޓް އިތުރަށް ވިދާޅުވެފައި ވަނީ މިއީ މިކަން ހިނގާނެ ގޮތް ކަމަށް ކުރިންވެސް އެނގޭ ކަމަށާއި ވެކްސިން ޖަހާ ވަރަކަށް، ވައިރަސް ހަރަކާތްތެރިވެ، މިއުޓޭޓްވާނެ ކަމަށާއި ވޭރިއަންޓްތަކާ ދެކޮޅަށް ވެކްސިނަށް ބަދަލު ގެންނާނެ ކަމަށެވެ.
ފައިނޭންޝިއަލް ޓައިމްސްއިން ރިޕޯޓްކުރި މި ދިރާސާ މިއަދުގެ ވަގުތެއްގައި ޖާނަލްގައި ޝާއިއު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ އެސްޓްރާޒެނިކާ އަދި އޮކްސްފޯޑްގެ ފޯމިއުލާއަކަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ވެކްސިނެކެވެ. ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓް އުޅޭކަމަށް އެޗްޕީއޭއިން މީގެ ކުރިންވަނީ ވިދާޅުވެފައެވެ. ނަމަވެސް އުޅެނީ ކޮންވޭރިއަންޓެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.