ކޮވިޑް-19 މޫފުށި ރިސޯޓުން 8 މީހަކު ފައްސި
އއ. ކޮންސްޓެންސް މޫފުށި ރިސޯޓުން 8 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި އެ ރިސޯޓުން އެންމެ ފުރަތަމަ މީހަކު ފައްސިވެފައި ވަނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.
އަދި އޭގެ ފަހުން ބަޔަކު ފައްސިވުމަށް ފަހު މި މަހުގެ 4 ވަނަ ދުވަހު ހަތަރު މީހުން އަދި 6 ވަނަ ދުވަހުވެސް މީހަކު ފައްސިވެފައިވާ ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.
އަދި އިއްޔެ އެ ރިސޯޓުން ފައްސިވި 8 މީހުންނާއެކު މިހާރު އެ ކްލަސްޓާގައި 20 މީހުން ފައްސިވެފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ.
ތި ދޮގެކެ