ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ކަނޑައެއް ނޭޅޭނެ: އިމްތިޔާޒް ފަހުމީ
ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ކަނޑައެއް ނޭޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
މިފަދައިން އޭނާ ވިދާޅުވީ މާލޭގައި ޒުވާނުން ހިތްފަސޭހަ ކޮށްލައި މުނިއަވަސް ފިލުވައި ހާސްކަމެއް ނެތި މަޖާކޮށް މިއުޒިކު ކުޅެ މިއުޒިކު އަޑުއަހައި ނަށާލާނެ މަރުކަޒެއް ޤާއިމު ކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އިމްތިޔާޒު ވިދާޅުވީ ދީން ހަތިޔާރަކަށް ހަދައިގެން އެންޓި މިއުޒިކް އޮއެވަރެއް އުފައްދަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި ރޮކް މިއުޒިކް ނޫން ބައެއް ބާވަތުގެ މިއުޒިކު ވެސް ހަރާމް އެއްޗެއް ކަމަށް ބުނަމުންދާ ކަމަށާއި ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ކަނޑައެއް ނޭޅޭނެ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވިއެވެ.
އިތުރަށް އިމްތިޔާޒު ވިދާޅުވީ ދީނީ އިލްމުވެރިއެއް ރޮކް މިއުޒިކަކީ ހަރާމް އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި، މަނާ ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް އިލްމުވެރިއަކަށް ބުނެވެންވީ ކިހިނެއްތޯ ސުވާލު ކުރެއްވިއެވެ.
ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން މިއަދުގެ މަޖިލީހުގައި ގިނަ މެންބަރުން ބަހުސް ކުރައްވާފައިވާއިރު މިއުޒިކަކީ އިންސާނާ އުޖާލާ ކުރަން ގެންގުޅޭ އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.
މި މީހުންނަށް ސަނާ ކިޔަންވީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އަދިވެސް. މިއީ ހުދު ކާފޫރު.
ހަމ ސީދ އެއްވެސ އޮޅުމެއްނެތ ސާފުކޮށ މުރުތައްދުވެފައިވ ކާފަރެއް
ބާލާނަން މިބުނީ ހަމަބާލާނަމޭ މަށައް ވަރިހަމަ މިޔުޒިކާ ކައިވެނި ކުރިޔަސް، އެކަމު ހުކުމް ބަދަލެއް ނުކުރެވޭނެ.