ދީން

ހަމަކޮންމެ މީހެއްގެ މައްޗަށް ﷲ ތަޢާލާ ހަނދާން ކޮށްދެއްވާ މުހިންމު 05 ކަމެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ޚާތަމިލް އަންބިޔާއި ވަލްމުރުސަލީން ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާއްވާލެއްވި ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރެވެ. ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. އެ ޤުރުއާނުގައިވާ އިންޒާރުތަކާއި ބަޝާރަތާއި ހަނދާން ކޮށްދެއްވުންތަކަކީ އަހަރެމެން އެންމެންގެ މައްޗަށް ވާ ބަސްތަކެވެ. އެއީ އަހަރެމެންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާން އޮތް މެނުއަލް އެވެ. ކޮންމެ ކަމެއްގައި ޢަމަލު ކުރަންވީ ގޮތް އަންގައިދޭ ކަލާމްފުޅެވެ.

Ads by STELCO

އެހެން ނަމަވެސް އަހަރެމެންނަކީ އިންސާނުންކަމަށްވީ ހިނދު ފަރުވާކުޑަ ކުރެވި ، ހަނދާން ނެތޭ ޙާލަތްތައް އާދެއެވެ. އީމާންތެރިކަން ކުޑަވެ ، ދީނީ އަޅުކަންތައްތަކަށް ސަމާލުކަން ނުދެވޭ މަންޒަރު ފެނެއެވެ.

ﷲ ތަޢާލާގެ ވަރަށް ގިނަ ހަނދާން ކޮށްދެއްވުންތަކެއް ކީރިތި ޤުރުއާނުގައި އައިސްފައި އެބައޮތެވެ. އޭގެ ތެރެއިން ފަސް ކަމެއް ފާހަގަ ކޮށްލާނަމެވެ.

الله އަށް ކުއްތަންވުން
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ  2:186
އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.

الله މަތީން ހަނދުމަކޮށް ޛިކުރުކުރުން

فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ 2:152

ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!

އިމްތިހާން ކުރިމަތިވުން ، ކެތްތެރިވުން

الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ 2:156

އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ.

أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ 2:157

އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ.

اللهގެ ނިޢުމަތް

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ 2:22

އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް رزق އެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ خالق ވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، اللَّه އަށް شريك ންތަކެއް ތިޔަބައިމީހުން ނުލާށެވެ!

އީމާންވެ ޞާލިޙް އަޅުންނަށް މަތިވެރި ބަދަލެއް

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا 18:30

ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަމީހުން (ދަންނާށެވެ!) ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާ ހުށީމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!