އަލީ ރަމީޒުގެ ލަވަތަކާއި ނުލާ އަޅުގަނޑުގެ ޒުވާން ހަޔާތެއް ނެތީސް: އީވާ
އަލީ ރަމީޒުގެ އަޑާއި ލަވަތަކާ ނުލައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބުދުاللهގެ ޒުވާން ހަޔާތެއް ވެސް ނެތީސް ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިޔުޒިކު ކުޅެ ، ހިތް އުފާ ކުރުމަށް ޚާއްޞަ މަރުކަޒެއް އެޅުމާ ގުޅޭގޮތުން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ 1500 ބީސީއިން ފެށިގެން އިންސާނުން މިޔުޒިކު ގެންގުޅެނީ ދުނިޔެ ބަދަލު ކުރުމަށް ކަމަށާއި މިއުޒިކާއި ޅެމާއި، ލަވައަކީ އާދައިގެ ބަހުން ބުނެގެން ނުފުދިގެން (އެހެން ގޮތަކަށް ބުނުމަށް) ގެންގުޅޭ އެއްޗެއް ކަމަށެވެ.
އީވާ އިތުރަށް ވިދާޅުވީ މިއުޒިކަކީ ދުނިޔެ އުޖާލާ ކުރުމާއެކު ދުނިޔެ އިންޤިލާބުކުރާ އެއްޗެއް ކަމަށެވެ. އަދި އިސްލާމީ ތާރީހުގައި އުމަވީ ޚިލާފަތާއި ޢައްބާސީ ޚިލާފަތަކީ އިސްލާމީ މިއުޒިކުގެ ރަންޒަމާން ކަމަށް ވިދާޅުވެ އީވާ ވިދާޅުވީ އެ ދުވަސްވަރުގެ މިއުޒިކުން އިސްލާމްދީނާއި އިސްލާމީ ދައުލަތުގެ އަޑު ދުނިޔޭގެ ގިނަ ބައެއްގެ ކަންފަތްތަކަށް ފޯރި ކަމަށެވެ.
2019 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހަކީ އެމްޑީޕީގެ ވެރިކަން ވައްޓާލުމުން ހިތްވަރާއެކު ތެދުވި ދުވަސް ކަމަށާއި، އެދުވަހު ލަވަކިއުންތެރިޔާ ޝިއުޒް "ޗިސްޗިސް ކޮށްލިޔަސް މަ ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާގީއަކަށް" ލަވައަކުން ބުނުމުން ހިތްވަރު ލިބުނު ކަމަށާއި، އެ ހިތްވަރުގައި އަހަރެއް ވާންދެން މުޒާހަރާކުރި ކަމަށް އީވާ ވިދާޅުވިއެވެ.
ކަމަނާ އެއް ފަހަރުވެސް ރީތިކޮއް ތަޖުވީދު ހަމަތަކުން ގުރުއާން ފެށިގެން ނިމެންދެން އަޑުއަހާލަބަލަ.
އޭރުން ކަމަނާގެ ހިތަށަާ އި ފުރާނައައް ހިންހަމަ ޖެހުންލިބޭނެ.
އޭރުން ކަމަނާ ވެސް އަލީރަމީޒު ހެން ލަވަޔާ މިއުޒިކު އަޑު އިވުމުން އުދަގޫވާނެ އަދި އެހަރާން ކަމުގެ ތެރެއައް އެބުރި ނުދާނެ. އިންޝާﷲ
އަލީރަމީޒުއާ އަޅައިގަތީދޯ ކަލޭވެސް؟