ދުނިޔެ

6 މިލިއަން ވެކްސިން އެންމެ ކުރު މުއްދަތެއްގައި ޖެހި ފުރަތަމަ ގައުމަކަށްވެ، އިންޑިއާ ތާރީޚުގެ ތެރެއަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

24 ދުވަސް ތެރޭގައި 6 މިލިއަން ވެކްސިން ޖެހި އެންމެ ފުރަތަމަ ގައުމުގެ ޝަރަފު އިންޑިއާއިން ހޯދައިފިއެވެ.

Ads by WAMCO

ޔުނިއަން ހެލްތު މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ހާމަކުރި ގޮތުގައި، އެމެރިކާއާއި، އިނގިރޭސި ވިލާތުގެ ވެކްސިން ޖަހާފައިވާ އަދަދާ އަޅާ ބަލާއިރު އެންމެ އަވަހަށް އެހާ ގިނަ ވެކްސިން ޖެހި ގައުމެއްގެ ގޮތުގައި އިންޑިއާ ފާހަގަކޮށްލެވޭ ކަމުގައެވެ.

ޔުނިއަން ހެލްތު މިނިސްޓްރީން އިތުރަށް ފާހަގަ ކުރި ގޮތުގައި، އެމެރިކާއިން 26 ދުވަހުގެ ތެރޭގައި 6 މިލިއަން ވެކްސިން ޖަހަައި ފުރިހަމަ ކުރިއިރު އިނގެރޭސި ވިލާތުން އެ އަދަދުގެ ވެކްސިން ޖަހައި ނިންމާލީ 46 ދުވަސް ތެރޭގައެވެ. މިހާތަނަށް އެންމެ ކުރު މުއްދަތެއް ތެރޭގައި 6 މިލިއަން ވެކްސިން ޖަހައި ނިންމާލި ގައުމެއްގެ ގޮތުގައި އިންޑިއާ ފާހަގަކޮށްލެވޭ ކަމުގައި އެ މިނިސްޓްރީން ހާމަކުރިއެވެ.

މީިގެ އިތުރުން ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް މިހާތަނަށް 60,35,660 މީހުންނަށް އެކި ގައުމުތަކުން ވެކްސިން ދެވިފައިވާ ކަމަށާއި، އޭގެތެރެއިން 54,12,270 މީހުންނަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި އިސް ސަފުގައި މަސައްކަތް ކުރާ 54,12,270 ފަރާތްތަކަށް ވެކްސިން ދެވިފައިވާ ކަމުގައި ވެސް އެ މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ވެކްސިން ޖެހުމުގެ ޢަމަލީ މަސައްކަތް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާއިރު، ރާއްޖޭގައި ވެސް ކޮވިޑަށް ވެކްސިން އަންނަނީ ޖަހަމުންނެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!