އިމެއް ނެތި މިނިވަން ފިކުރުގެ މީހުން ދަނީ ޖިންސީ ގުޅުން ހިންގަމުން، މަޖްލީހުން ރުޅިއަޔަސް ރަނގަޅު ގޮތް ކިޔައިދޭނަން : ޒައިދު
އިމެއް ނެތި މިނިވަން ފިކުރުގެ މީހުން ދަނީ ޖިންސީ ގުޅުން ހިންގަމުން ކަމަށާއި، މަޖްލީހުން ރުޅި އަޔަސް ޝެއިހުން ރަނގަޅު ގޮތް ކިޔައިދޭނެ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ.
“މިއަދު ދުނިޔޭގެ ‘މިނިވަން ފިކުރުގެ’ ކާފިރުން ދަނީ އިމެއް ނެތި ޖިންސީ ގުޅުން ހިންގަމުން! 2 ފިރިހެނުން އިންނަނީ! 2 އަންހެނުން އިންނަނީ! އޭތި މީތި ބޭނުން ކުރަނީ! ވީ އިރު މިކަން ކަމުގަ އޮތް ރިވެތި އުސޫލުތައް ކިޔާދިނުމަކީ ޝެއިހުންގެ މައްޗައްވާޖިބެއް! މަޖިލިސް ރުޅި އަޔަސް، އެކަން ޝެއިހުން ކުރާނެ” ޒައިދު ކުރި ޓްވީޓުގައި ވެއެވެ.
ޒައިދު އިތުރަށް ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަމުގައި ހުންނެވިއިރު ދައްކައިގެން ނުވާނެ އެތައް ވާހަކައެއް ދެއްކެވި ބޭފުޅެއް ކަމަށާއި ހަމަ ނުޖެހޭ އެތައް ވާހަކައެއް ދައްކާފައި ހުރި ބޭފުޅެއް ކަމަށެވެ. އަދި ނަޝީދު ވެރިކަމުން ވެއްޓުނީ ވެސް އޭނާއަށް ދެއްކުނު އެތައް ހަމަނުޖެހޭ ވާހަކަތަކެއްގެ ސަބަބުން ކަމަށް ޒައިދު ވިދާޅުވިއެވެ.