ބޮލީވުޑް

20 އަހަރުގެ ދިގު މުއްދަތަކަށްފަހު ޕޫޖާ ބަޓް އަނެއްކާވެސް އެކްޓިންއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނަވަރަ ސަތޭކަ ނުވަ ދިހައިގެ އަހަރުތަކުގެ ތެރޭގައި ނިކުތް ބޮލީވުޑްގެ ގިނަ ފިލްމުތަކުން ނުހަނު ހޫނު ތަރުހީބެއް ހޯދާފައިވާ ޕޫޖާ ބަޓް، އެކްޓު ކުރުމުގެ ދާއިރާއިން ދިގު ބްރޭކެއް ނެގުމަށްފަހު، އަނެއްކާވެސް އެދާއިރާއާ ގުޅިއްޖެއެވެ.

Ads by Sosun Fihaara

މަހޭޝް ބަޓް ގެ ދޮށީ ދަރި ޕޫޖާ އެންމެ ފުރަތަމަ ފިލްމަކުން ފެނިފައިވަނީ 1989 ވަނަ އަހަރު ރިލީޒްވި "ޑޭޑީ" އިންނެވެ. އެއަށްފަހު އެތައް ފިލްމެއް ކުޅެ، 2001 ވަނަ އަހަރު ނިކުތް "އެވްރިބަޑީ ސޭސް އައިއެމް ފައިން" ގައި ހަރަކާތްތެރިވުމަށް ފަހު ޕޫޖާ ބަޓް ވަނީ އެކްޓު ކުރުމުން ބްރޭކެއް ނަގާފައެވެ.

އެކްޓު ނުކުރި ނަމަވެސް ފިލްމު ޕްރޮޑިއުސް ކުރުމާއި ޑައިރެކްޓު ކުރުމުގައި ޕޫޖާ ބޮލީވުޑްގައި ދެމިހުއްޓެވެ. އަދި މިދިޔަ އަހަރު ނުކުތް "ސަޅަކް 2" ގައި ވަރަށް ކުރު މަންޒަރަކުން ފެނިލުމަށްފަހު ޕޫޖާ ބަޓް މިއަހަރު މިވަނީ އަނެއްކާޥެސް އެކްޓު ކުރުމުގެ ދާއިރާއަށް އެނބުރި އައިސްފައެވެ.

ނެޓްފްލިކްސް އިން ދައްކާ "ބޮމްބޭ ބޭގަމްސް" ގައި ޕޫޖާ ބަޓް ވެސް ހަރަކާތްތެރި ވާނެ ކަމަށާއި އެސީރީޒް ރިލީޒްވާން ހަމަޖެހިފައިވަނީ މާރޗް މަހުގެ 8 ވަނަ ދުވަހުގައި ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.

އަލަންކްރިޓާ ޝްރިވާސްތުވާ ޑައިރެކްޓު ކޮށްފައިވާ "ބޮމްބޭ ބޭގަމްސް" ސީރީޒަކީ ދިރިއުޅުމުގައި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކުން ގުޅިފައިވާ ފަސް އަންހެނެއްގެ މައްޗަށް ބިނާ ކޮށްފައިވާ ސީރީޒެކެވެ.

ޕޫޖާބަޓްގެ އިތުރުން މިސީރީޒްގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ސަހާނާ ގޯސްވާމީ، ޕްލަބިތާ ބޯރްތާކޫރް، އާދްޔާ އާނަންދު އަދި ނައުހީދު ކައިރޫސީ ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!