ޕޯލް

ޚިޔާލު ޕޯލް: ވެކްސިން ޖަހަން ތައްޔާރުތަ؟

ދެން އެމްވީ ، ދެން އޮންލައިން
ކޮންމެ ދުވަހަކު އެތައް ބަޔަކަށް ވެކްސިންދަނީ ދެމުން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19ގެ ވަބާއިން މުޅި ދުނިޔެ ހުއްޓުވުމަކަށް ގެނުވިއިރު، އެ އަނދިރިކަމުން އަރައިގަންނަން އޭރު އެންމެންވެސް އުންމީދު ކުރަމުން އައީ ވެކްސިނެއް ލިބޭނެ ދުވަހަކަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ ގިނަ ސައިންސްވެރީންގެ ބުރަ މަސައްކަތުން ވެކްސިންތަކެއް ތައްޔާރު ކުރިއިރު، މިއަދު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި  ވަނީ ވެކްސިން ޖަހަން ފަށާފައެވެ.

ވެކްސިނާއެކު ދެން ދައުރުވާން ފެށީ ކޮވިޑް-19 އަށްވުރެ ނުބައި ވައިރަސްއެކެވެ. އެއީ ވެކްސިނާ ގުޅޭ ސައްޙަނޫން މަޢުލޫމާތެވެ.

"ދެން" އިން 'ވެކްސިން ޖަހަންތައްޔާރުތަ؟' މިނަމުގައި ޕޯލްއެއް ގެންނަން ނިންމާފައިމިވަނީ، ރާއްޖޭގެ ގިނަ ރައްޔިތުން ވެކްސިން ޖަހަން ތައްޔާރަށް ތިބިކަން ދައްކައިދިނުމަށެވެ. ސައްލާތަކާއި ހޮޅުއަށިތަކުގައި ރާއްޖޭގެ ގިނަ ބަޔަކު ވެކްސިން ނުޖަހާނެ ކަމަށް ބުނާ ވާހަކަތަކަށް ރައްދެއް ދިނުމުގެ ގޮތުންނެވެ.

ވެކްސިން ރައްކާތެރިއެވެ. ޑަކްޓަރުންނާއި ސިއްޙީ މާހިރުން ވިދާޅުވަނީ އެހެންނެވެ. ރައްކާތެރި ނޫން ކަމަށް ދެކެވަޑައިގަންނަވާނަމަ، އެގޮތަށް ދެކެ ވަޑައިގަންނަވާ ސަބަބު ތިރީގައި ކޮމެންޓް ކުރައްވާށެވެ. އަދި ވެކްސިން ޖެހި ފަރާތްތަކުން، ވެކްސިން ރައްކާތެރިކަން އެހެން ފަރާތްތަކަށް އަންގައިދިނުމަށް ކޮމެންޓް ކުރައްވާށެވެ.

Ads by HDC
  1. ސޭމް

    މަ ވެކްސިން ޖަހައިފިންް
    ވެކްސިން ހަމަ ސޭފް