އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު އިސްތިއުނާފު ކުރަނީ

ޖިންްސީ ގޯނާގެ މައްސަލަތަކަކާ ގުޅިގެން ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.
އެމިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަލީ ވަހީދުގެ ޕާސްޕޯޓު މީގެ ކުރިން އޮތީ ހިފަހައްޓާފައެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ.
ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޒިންމާ އުފުލާނެ ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ)އެވެ.
ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ބާތިލް ކުރުމާ އެކު އަލީ ވަހީދު ވަނީ އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގެންފައެވެ.
މިކަމާ ގުޅޭގޮތުން ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅޭ ލިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފްލޯޓިންގ ހޮސްޕިޓަލް ބަލާ ދުރުވީ ޢަލީ.
ހެއްވާ ބޮޑު ޖޯކެއް