ޚަބަރު

"ކޮވިޑް ވެކްސިންގެ ސަބަބުން ލޭގެ ކެންސަރަށް މަގުފަހިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް"

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: މިހާރު

މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ ނުރައްކާތެރި ކޮވިޑް-19 އިން ސަލާމަތް ވުމަށް ޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މި ބަލިން ރައްކާތެރި ވުމަށް ވެކްސިން ތައްޔާރު ކުރެވި، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ މި ވެކްސިން ޖަހަމުންނެވެ.

Ads by Sosun Fihaara

ފަހަކަށް އައިސް މީސްމީޑިއާ ތެރޭގައި ކޮވިޑް ވެކްސިން އާ ބެހޭގޮތުން އެތައް ވާހަކަތަކެއް ދެކެވެން ފެށުނެވެ، އެގޮތުން ކޮވިޑް ވެކްސިންގެ ސަބަބުން ލޭގެ ކެންސަރަށް މަގުފަހިވާ ކަމުގެ ވާހަކަތައް މީސްމީޑިއާގައި ދެކެވެން ފެށުނެވެ. އަދި މިކަމާ ގުޅިގެން އާންމުންގެ ހިތްތަކުގައި ވެކްސިނަށް އޮތް އިތުބާރު ކުޑަވެ ވެކްސިން ޖެހުމާ މެދު ގިނަ ބަޔަކު ވަނީ ޖެހިލުންވެފައެވެ.

އެހެންނަމަވެސް، ރާއްޖޭގެ އެންމެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖޮސްޓް ކަމަށްވާ، ޑރ. މުޙައްމަދު ޝިފާން ވަނީ ވެކްސިންގެ ސަަބަބުން ފެންނަ ސައިޑް އިފެކްޓަކީ، ލޭގެ ކެންސަރަށް މަގުފަހިވާ ފަދަ ކަމެއް ކަމަށް އެއްވެސް ދިރާސާއަކުން ވެސް ނުދައްކާ ކަމަށް ވިދާޅުވެފައެވެ. ޑރ ޝިފާން އިތުރަށް ވިދާޅުވީ މިހާތަނަށް 70 އަށް ވުރެ ގިނަ ގައުމުގައި 165 މިލިއަން މީހުންނަށް ވެކްސިން ދެވިފައިވާއިރު، ދިވެހިރާއްޖޭގައި ބޭނުން ކުރާ ވެކްސިން (އަސްޓްރާ ޒެނެކާ-އޮކްސްފޯޑް) ވެސް ވަނީ 7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ދެވިފައި ކަމަށެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތުގައި ވެސް މި ވެކްސިން 5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ދެވިފައިވާއިރު، އެމީހުންގެ ފަރާތުން ފެންނަމުންދާ ސައިޑް އިފެކްޓުތައް، ތަކުރާރުކޮށް އަންނަނީ ސައިންޓިފިިކް ޖާނަލް ތަކުގައި ޝާއިއު ކުރަމުން ކަމުގައި ވެސް ޑރ ވިދާޅުވިއެވެ. ލޭގެ ކެންސަރަކީ މިވެކްސިން ގެ ސައިޑް އިފެކްޓަކުން ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް އެއްވެސް ދިރާސާއަކުން މިހާތަނަށް ދައްކާފައި ނުވާއިރު، މައުލޫމާތު ފޯރު ކޮށްދިނުމުގައި ސައްހަ، ދިރާސީ މައުލޫމާތައް ބުރަވުން އެންމެ މުހިއްމު ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވެސް ޑރ ވަނީ ފާހަގަ ކުރެއްވިއެވެ. އަދި ސައްހަ ނޫން މައުލޫމާތު ފަތުރާ ފަރާތް ތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ޑރ ޝިފާން ވަނީ ގޮވާލައްވާފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!