ޚަބަރު

ކޮވިޑް-19: ރާއްޖޭގައި ވެކްސިން ޖެހި ބައެއް މީހުން ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖެގައި ކޮވިޑް-19 އަށް ވެކްސިން ދިން ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެސެންޓަރުން މިރޭ ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ދިންތާ ފަސް ދުވަސް ފަހުން ވެސް ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ބައެއް ފަރާތްތަކުން ސަމާލުވާން ޖެހޭ މިންވަރަށް ސަމާލުނުވާ ކަން ފާހަގަ ކުރެވިފައި ވާކަމަށާއި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އަދި ވެކްސިން ނުޖެހިގެން އުޅޭއިރު، ރައްކާތެރިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑުމެން ހަނދާން ކުރަން ޖެހެނީ ވެކްސިން ޖެހިޔަސް ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ފުރިހަމަ ފައިދާ ލިއްބައިދޭނީ، މިގޮތުން ގާތްގަނޑަކަށް %70 ފައިދާ ވެކްސިން ޖެހުމުން، ލިއްބައިދޭ، އަދި ބޮޑަށް ބަލިވުމުން %100 ދުރުކޮށްދޭ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ވެސް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ގައިދުރުކަމަށް ސަމާލުކަން ދިނުމާއި، އަތް ދޮވުން ފަދަ ކަންކަން ކުރިއަށް ގެންދިޔުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 6،171 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 56،218 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

 

  1. އޯކޭ

    އޯކޭ