މުނިފޫހިފިލުވުން

ޝިދާތާގެ ވެޑިންގ ޑްރެސް ފެހީ ކާކުކަން އެނގޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު ޚަބަރުތަކުގެ ފަލަ ސުރުޙީއަށް އެންމެ ގިނައިން އަރަމުން ދިޔަ އެއް ޚަބަރަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާ ފިލްމީތަރި އަޙުމަދު ޒިޔާއު (ޒިޔާ) ކައިވެނި ކުރި ކަމުގެ އުފާވެރި ޚަބަރެވެ.

Ads by MWSC

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު މަހަށްފަހު ޒިޔާއާ ޝިދާތާ މިއަދު ކައިވެނި ކުރީ ފެމިލީ ކޯޓުގައެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު، ޝިދާތާއާ ޒިޔާ ގެ ކައިވެނި ޕާޓީއެއް ބާއްވާފައެއް ނުވެއެވެ. ނަމަވެސް މިއަދު ހަވީރު އެ ދެމަފިރިންގެ އާއިލާއާއެކު ކުޑަ "ގެޓް ޓުގެދަރ" އެއް ބާއްވާފައިވާކަން "ދެން" އަށް މައުލޫމާތު ދެމުން ޒިޔާ ބުނެފައި ވެއެވެ.

"ކައިވެނި ޕާޓީއެއް ނުބާއްވަން. އެކަމަކު އާއިލާއާއެކު ކުޑަ ގެޓް ޓުގެދަރ އެއް މިއަދު ހަވީރު ބޭއްވިން." ޒިޔާ ބުންޏެވެ.

ކައިވެނީގެ ހެދުމާ ބެހޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ޝިދާތާ ވެސް ވިދާޅުވީ މިއީ އެކަމަނާގެ އަމިއްލަ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން ގްރޭންޑް ވެޑިންއް ނުބާއްވަން. އެކަމަކު އާއިލާއާއެކު ގެދަރިންއެއް ބޭއްވިން. އަޅުގަނޑު އަމިއްލައަށް ވެޑިންގ ޑްރެސް ފެހީ. އެ ހެދުމުގެ ބައެއް ވޯކްސް އަށް އެހެން ބައެއް ކުދިންވެސް އެހީވެދިން. އެކަމަކު އަޅުގަނޑުގެ އަމިއްލަ ވޯކްސް ހަމަ މިއީ." ޝިދާތާ ވިދާޅުވިއެވެ.

މީގެކުރިން "ދެން" އަށް ދިން ބަސްދީގަތުމެއްގައި ޒިޔާ ބުނީ ޝިދާތާއާ ކައިވެނި ކުރީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށެވެ.

"ޝިދާތާއާ މިއުޅެނީ ސިޔާސީ ޑީލެއް ހަދައިގެނެއް ނޫން. ސިޔާސީ ގޮތުން އަހަރުމެންނަކީ ދެ ޕާޓީއަކަށް ނިސްބަތްވާ ދެމީހުން. އަހަންނަކީ ޖުމްހޫރީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރ އޭނައަކީ އަދާލަތު ޕާޓީގެ ޚާރިޖީ ވަޒީރު. އަހަރުމެންގެ ސިޔާސީ ކަންކަމަކީ ވަކި ކަމެއް. ކައިވެނި މިކުރަނީ ހަމަ ކައިވެނި ކުރަން ބޭނުން ވެގެން" ޒިޔާ ބުންޏެވެ.

Ads by Allied Insurance
  1. ޟަދީމު

    ވަރަށް ރަނގަޅު.ތިހެން އެންމެން ވާނެނަމަ ދޯ.4 އަހަރު ޒިނޭ ކުރަން ނުތިބެ. 4މަހުން ކައިވެންޏާ ހަމަޔައް ގޮަްސް ތި ދައްކުވައި ދިނީ މިއަދުގެ ޒުވާން ޖީލައް ނަމޫނާއެއް. މަރުޚަބާ ދެކުދިންނައްވެސްް. ާއުފާވެރި ފާގަތި ޒަވާޖީހަޔތަކައް އެދެން…

    • މީހެއް ދެން

      ތިޔަ ބޭފުޅާ ކަހަލަ ޕޮޒިޓިވިޓީ ފަތުރާނެ މީހުން މިގައުމަށް ބޭނުންވޭ.

  2. ދޮގެއް؟

    ވެޑިންގޑްރެސް ފެހީ އިމްރާން!

  3. ޝަބާ

    މމމމމ
    އިމްރާނު ފަހަންވެސް ދަނޭތަ