ޚަބަރު

އަދުރޭ ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބަދުﷲ (އަދުރޭ) ހައްޔަރު ކޮށްފިއެވެ.

Ads by STELCO

އެކޯލިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، އަދުރޭ ހައްޔަރު ކޮށްފައި ވަނީ ގެއަށް ވަޑަައިގަންނަވަން ޕީޕީއެމް އޮފީހުން ނުކުންނެވުމުން ކަމަށެވެ.

އަދުރޭ ހައްޔަރު ކޮށްފައި މިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މިދުވަސްވަރު އިދިކޮޅުގެ ފަރާތުން ސިލްސިލާ މުޒާހަރާތަކެއް ބާއްވާ މައްސަލަ ވަނީ ހޫނު ވެފައެވެ.

އެގޮތުން ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އިހުތިޖާޖު ނުކުރުމަށާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާނަމަ އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދުރޭ ހައްޔަރު ކުރުމާ ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

އަދުރޭ މިއަދު ހައްޔަރު ކޮށްފައިވާއިރު، މިމަހުގެ 26 ވާ ހުކުރު ދުވަހު ވެސް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!