އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުންނަށް ސާފުކޮށް ދިނުމުގައި ސަރުކާރުން ވަނީ ފެއިލްވެފައި: ދުންޔާ
އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިއްޔެ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުވި އެއްބަސްވުން ރައްޔިތުންނަށް ސާފުކޮށް ދިނުމުގައި ސަރުކާރުން ވަނީ ފެއިލްވެފައި ކަމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އިންޑިއާއާއެކު އިއްޔެ ރާއްޖެއިން ހެދި އެއްބަސްވުމުގެ ތަފްސީލު ހާމަކޮށްފައި ނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުންނަށް ސާފުކޮށް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
މިއެއްބަސްވުމާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްކެވީ ރަނގަޅު ވާހަކަތަކެއް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އުތުރު ތިލަފަޅުގައި އިންޑިޔާއިން އެޅުމަށް ހަމަޖެހިފައިވާ ޑޮކްޔާޑަކީ އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަނދުތައް ބަނދަރު ކުރުމަށާއި މަރާމާތު ކުރުމަށާއި އަދި އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހި ކުރުމަށް އަޅާ ތަނެއް ކަމަށެވެ.
"ހާރިޖީ ގުޅުމުގެ ތެރެއިން އެހެން ގައުމުތަކާ ދިފާއީ ގުޅުން ބަދަހި ކުރަން ވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރުލެއް ނާރާ ގޮތަށް. އަދި އިންޑިޔާ ކަނޑުގެ 'ގޭޓް ކީޕަރު ގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށް ވެސް ބުރޫ ނާރާ ގޮތަށް" އުމަރު ނަސީރު ވިދާޅުވިއެވެ.
އަޖައިބު ހައިރާން! ޚަނބުލޯގެ ނިބޫ ކަމަނާއެހުރީ ފެއިލްވި ސަރުކާރުގައި ބަގުޑި ލައިގެން. ކަމަނާގެ ލޮބުވެރި ބައްޕާފުޅު އެހުރީ.” މަރުވިއްޔާ ޝަރަފުގާ މަރުވާނަން.މަރުވާ ވަރަށްވެސް ލޯބިވޭ. ދެން ކޮންވާހަކައެއް. ތީހަމަ ޖަމަލު ފޮޑި
ޖާނޭ ތިބުނުއްވީ ހެޔޮކޮށް.