ލުއި ޚަބަރު

ވީޑިއޯ ކޯލްއެއްގައި އިންދާ އަނބިމީހާ ބޮސް ދޭން އުޅުމުން، ފިރިމީހާ ކަންތައް ކުރި ގޮތުން ގިނަ ބައެއްގެ ސަމާލުކަން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގައި ފިރިހެނަކު ވީޑިއޯ ކޯލެއްގައި އިންދާ އޭނާގެ އަނބިމީހާ ނިކަން ލޯބިން ކޮލުގައި ބޮސް ދޭން އުޅުމުން ފިރިހެން މީހާ ކަންތައް ކުރި ގޮތާމެދު ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

Ads by MWSC

ބެލެވޭ ގޮތުގައި މީހާ އިނީ ހެޑްފޯނެއް އަޅައިގެން ވިޔަފާރި ބައްދަލު ވުމެއްގައެވެ. އަދި އޭނާ އެ ބައްދަލުވުމުގައި އިންދާ އޭނާގެ އަނބިމީހާ އައިސް ގެއަށް ވަދެ ފިރިމީހާގެ ކޮލުގައި ބޮސް ދޭން މަސައްކަތް ކުރި މަންޒަރު ވީޑިއޯއަށް ވަނީ އަރައިފައެވެ. އަދި ހަމަ އެބާރު މިނުގައި އަންހެން މީހާ ދުރުކޮށްލާ މަންޒަރާއި، ކުރަނީ ކީއްތޯއާއި އެވަގުތު ހުރީ ވީޑިއޯ ކޯލްއެއްްގައި ކަން ވެސް އޭނާ ކިޔައިދޭ މަންޒަރު ވަނީ އެ ވީޑިއޯއަށް އަރާފައެވެ.

މިވީޑިއޯ ވަނީ ޓުވިޓާގައި އެތަނުން ބައްދަލުވުމުގައި ބައިވެރިވި މީހަކު ޓުވިޓާގައި ހިއްސާ ކޮށްފައެވެ. އަދި ވީޑިއޯ ޓުވިޓާގައި ހިއްސާ ކުރެވުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެވީޑިއޯއަށް ލިބިގެން ދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެތައް ބަޔަކު އެ ވީޑިއޯއަށް ކޮމެންޓު ކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީި އެވީޑިއޯ ރިޓުވީޓު ވެސް ކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން އެ ވީޑިއޯއަށް ވަނީ މަލާމާތް ވެސް ކޮށްފައެވެ.

ބައެއް މީހުން ބުނަމުން ދިޔައީ އެއީ "ވައިފް އޮފް ދަ މަންތު" ކަމަށެވެ. އަދި އަނެއް ބައި މީހުން ބުނަމުން ގެންދިޔައީ އެ ވަގުތު ފިރިމީހާ ކަންތައް ކުރި ގޮތް އެހާ ރަނގަޅު ނޫން ކަމަށާއި، އެއަށް ވުރެ މާ ރަނގަޅަށް އެ ވަގުތު ޢަމަލު ކުރެވުނީސް ކަމަށެވެ.

  1. ީފިރިމީހާ

    އަޖައިބުވި ވާހަކައެއް ނެތެއްނު

  2. ނީމާ

    ކޮބާ ވީޑިއޯ

  3. އަބޯ

    މިވެސް ހަބަރެއް ތަމިމމ